ގޯލާންގެ ދަނޑުބިންތަކާއި ވަށައިގެންވާ ސަރަހައްދު ރައްކާތެރި ކުރުމަށް ހިޒްބުﷲ ހަނގުރާމަވެރިންގެ ކިބައިން ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުން ވަނީ ޑަޒަނެއްހާ ޔަހޫދީން މަރުވި ރޮކެޓް ހަމަލާ ދިނީ ހިޒްބުﷲ ޖަމާއަތުންކަން ނިންމައި އެކަން އިއުލާން ކޮށްފައެވެ. ނަމަވެސް ހިޒްބުﷲ އިން އިއްޔެ ވަނީ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި ހަމަލާއާއި އެމީހުންނާއި ގުޅުމެއް ނެތްކަމަށް ބުނެފައެވެ.
ހަބަރުތައް ބުނާ ގޮތުގައި މި މިސައިލް ހަމަލާ އަކީ ބުދަދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުﷲގެ ކޮމާންޑަރަކާއި އިތުރު 3 ހަނގުރާމަވެރިން މަރުވުމާއި ގުޅިގެން ދިން ހަމަލާއެކެވެ.
ރޭ އިސްރާއީލް ސިފައިން ވަނީ ވައިގެ މަގުން ހިޒްބުﷲގެ އަމާޒުތަކަށް ބޮން އަޅާފައެވެ. މިކަމުގެ ސީދާ ތަފްސީލްތަކެއް އެ ޖަމާއަތުން އަދި ހާމައެއް ނުކުރެއެވެ.



