ބަޑިޖަހައި އަވަހާރަކޮށްލަން އުޅުނު ޓްރަމްޕަށް ސިއްރު ޖާސޫސީ މައުލޫމާތު ދޭން ފަށާނީ އަންނަ ހަފްތާގައި ކަމަށް ފެޑެރަލް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މި ބްރީފިންގްސް ކުރިއަށް ގެންދާނީ އޮފީސް އޮފް ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯޑީއެންއައި) އިން ކަމަށާއި، މި ބްރީފިންގްސް ކުރިއަށް ގެންދާނީ އެފްބީއައިގެ ރައްކާތެރި ފެސިލިޓީއެއްގައި ކަމަށްވެސް ފެޑެރަލް ޑިޕާޓްމަންޓުން ބުނެއެވެ.
މި ބްރީފިންގްތަކަކީ އާންމު އިންތިހާބުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންނަށް 1950 ގެ އަހަރުތަކުގައި ފެށި ޒަމާންވީ ސަގާފަތެކެވެ. އެއީ ގައުމީ ސަލާމަތާ ބެހޭ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ކެންޑިޑޭޓުންނަށް އެކަށީގެންވާ މައުލޫމާތު ލިބިފައިވުން ކަމަށް ވެސް ވިދާޅުވި އެވެ.
މި ބްރީފިންތައް ޓްރަމްޕަށް ފޯރުކޮށްދިނުމަށް މި ފިޔަވަޅު އަޅާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުންދަނިކޮށް އޭނާ އަވަހާރަކޮށްލަން ނުރައްކާތެރި ހަމަލާއެއް އަމާޒުވި ދަނޑިވަޅެއްގައެވެ. މި ހަމަލާގައި ޓްރަމްޕަށް މާބޮޑު އަނިޔާއެއް ނުވެއެވެ. ޓްރަމްޕަށް ލިބުނު ހަމަލާގެ ސަބަބުން އޭނާގެ ކަންފަތް ވަނީ ޒަޚަމްވެފައެވެ. ހަމަލާ ދިނުމާ ގުޅިގެން އޭނާގެ ބޮޑީގާޑުން ވަނީ އެތަނުން ޓްރަމްޕް ގެންގޮސްފައެވެ.
ވަޒަން ސީދާ އޭނަގެ ބޮލަށް އަމާޒުކުރަން އުޅުނު ނަމަވެސް އޭގެ މިސްރާބު ކެޓީކަމަށް ޓްރަމްޕުގެ ސަޕޯޓަރުން ބުނެއެވެ. ޓްރަމްޕަށް ދިން ހަމަލާގައި އޭނާ ސަލާމަތްވިއިރު ބަޑީގެ ވަޒަން އަރައި މަރުވީ އޭނާގެ ސަޕޯޓަރެކެވެ.
އެމެރިކާގެ ޖާސޫސީ މުޖުތަމައު ބެލެހެއްޓުމާއި، ސިޔާސަތު ކަނޑައަޅާ އިސް ފަރާތްތަކަށް ވަގުތުން އަދި އޮބްޖެކްޓިވް އިންޓެލިޖެންސް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާ އޯޑީއެންއައި އިން މި ބްރީފިންގްތަކަށް މަގުފަހިކޮށްދޭނެ އެވެ. އެފްބީއައިގެ ރައްކާތެރި ފެސިލިޓީއެއް ބޭނުންކުރުމަކީ ހިއްސާކުރާ މައުލޫމާތުގެ ސިއްރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.



