އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވެއްޖެނަމަ ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސުލްހައިގެ ބްރޯކަރެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ، ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބަން ޔޫރަޕްގެ ލީޑަރުންނަށް އަންގަވައިފިއެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލްއަށް ފޮނުއްވި ސިޓީއިން މިގޮތަށް އެންގީ
ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވި ބައްދަލުވުންތަކަށްފަހުއެެވެ.
ޔޫރަޕްގެ ލީޑަރުންނަށް ހިއްސާކުރުމަށް ހަންގޭރީން ފޮނުވި ސިޓީގައި ވަނީ އިންތިހާބުގައި ކާމިޔާބު ހޯދުމަށް ފަހު ސުލްހައިގެ މެދުވެރިއަކަށް ޓްރަމްޕް ވަގުތުން ކަނޑައެޅުން ބުއްދިވެފިކަމަށެވެ.
ރިޔާސީ ކެމްޕާނުގައި އުޅުއްވާ ޓްރަމްޕުވެސް މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ އޭޏާ އިންތިހާބު ކޮށްފި ކަމަށް ވާނަމަ ޔުކްރޭން މައްސަލައަށް ހައްލު ހޯދައިދެވިދާނެއެވެ. އަނެއްކޮޅުން ރަޝިއާގެ ރައީސް ޕޫޓިން ވަނީ ޓްރަމްޕް އަށް އެމެރިކާގެ ރައީސްކަން ލިބިއްޖެނަމަ އެމެރިކާއާއި ގުޅިގެން މަސައްކަތް ކުރުމަށް ރަޝިއާ ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.



