ގަތަރު ފައިނޭންޝަލް ސެންޓަރުން ވެބް ތްރީ ޓެކްނޮލޮޖީ ތަރައްޤީކޮށް، ޓެސްޓްކޮށް އަދި ވިޔަފާރީގެ ގޮތުގައި ފެށުމަށް މަގުފަހިކޮށްދޭ "ޑިޖިޓަލް އެސެޓްސް ލެބް" ފަށައިފ. މި ލެބްގައި 24 ފަރާތެއް ބައިވެރިވާއިރު، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކުވެސް ގުޅިގެން މަސައްކަތްކުރާނެ.
769 ދުވަސް ކުރިން - 23:15
ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން 226 މީހުން މަރުވެ، 77 މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފިއިވާއިރު 26,700 އަށްވުރެ ގިނަ ގެ އަދި 40,000 އޭކަރުގެ ދަނޑުބިން މި ކާރިސާގައި ވަނީ ހަލާކުވެފައި
769 ދުވަސް ކުރިން - 22:56
މިއީ އިސްރާއީލުން ދިން ހަމަލާއެއް. ހަމަލާގެ މަޤްޞަދު އަދި ސާފެއް ނުވޭ. މި ހަމަލާ އަމާޒު ކުރީ ޕޭޖަރު ތަކަށް. ލުބުނާނާއި ސީރިއާގައިވާ ހިޒްބުﷲގެ ސެލްތަކާއި ގުޅުންހުރި މީހުންނަށާއި ލުބުނާނުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ޒަހަމް ވެފައި. ހަމަލާ ދީފައި ވަނީ ގާތްގަނޑަކަށް އެއްފަހަރާ.
769 ދުވަސް ކުރިން - 22:50
އިސްރާއީލުން މި ޙަމަލާ ދިނީ ސީދާ މުއާސަލާތްކުރަން ގެންގުޅޭ ފޯނަށް ކަމަށް ހަބަރުތައް ލިބޭ. ވަޔަރލެސްކޮށް ދިން މި ޙަމަލާގައި ހާހެއްހާ މީހުން ޒަހަމްވެފައިވާއިރު މަގުތަކުގައި ލެޔާއިއެކީ ވެއްޓިފައިވާ މީހުންވެސް ތިބި ކަމުގެ ރިޕޯޓްތައް ލިބޭ.
769 ދުވަސް ކުރިން - 21:36
އިއްޔެ ޓްރަމްޕަށް ހަމަލާ ދޭން އުޅުނު މީހާ ސީކްރެޓް ސާވިސްއިން ވަނީ ހައްޔަރުކޮށްފައި. ބައިޑެން ވިދާޅުވީ ޓްރަމްޕާއި އޭނާގެ ސެކިއުރިޓީން ހިމާޔަތް ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް.
770 ދުވަސް ކުރިން - 14:18
ކެރެލާގައި ނިޕާ ވައިރަސްގެ ސަބަބުން 24 އަހަރުގެ މީހަކު މަރުވެއްޖެ, މިއީ ޖުލައި މަހަށްފަހު މި ބަލީގައި މަރުވި ދެވަނަ މީހާއެވެ. 151 މީހުން ބަލި ޖެހުމުގެ ނުރައްކަލުގައި ވާކަމަށް އިންޑިއާގެ ސިއްހީ އިދާރާތަކުން މައުލޫމާތު ދީފައިވޭ.
770 ދުވަސް ކުރިން - 09:44
އިންޑިއާގެ ފުލުހުން ވަނީ ހަޅުތާލު ކުރަމުން ދިޔަ ސެމްސަންގްގެ 104 މުވައްޒަފުން ޗެންނާއީ ކައިރިން ހޯމަ ދުވަހު ހައްޔަރުކޮށްފައި. ހަޅުތާލުގެ ސަބަބުން ކުންފުނީގެ މަސައްކަތަށް ވަނީ ބުރޫ އަރާފައި.
770 ދުވަސް ކުރިން - 09:41
ލު އޮރިއެންޓުން ވައްޒާނީގެ މޭޔަރު ވައްޒާނީ އަހްމަދާއި ހަވާލާދީ ރިޕޯޓްކުރި ގޮތުގައި ހަސްބަޔާ އަވަށުގައި ވައްޒާނީގައި ދިރިއުޅޭ އާންމުން އެ ސަރަޙައްދު ދޫކޮށްފައި ދިއުމަށް އިޒްރޭލުން އަންގާފައިވަނީ ލީފްލެޓުތަކެއް ވައްޓައިގެން. މީގެ ކުރިންވެސް އިޒްރޭލުން ވަނީ ލުބްނާންގެ ޖިއްޔޭ ސަރަޙައްދުން އާންމުން އެހެން ތަނަކަށް ބަދަލުވުމަށް އިންޒާރުދީފައި. އިޒްރޭލާއި ހިޒްބުﷲ އާއި ދެމެދު ހަމަނުޖެހުން އުދެފިފައިވަނީ 2008 ވަނަ އަހަރުން ފެށިގެން.
771 ދުވަސް ކުރިން - 14:54
ޔަމަނުގެ ޙޫޘީ ސިފައިން ޓެލްއަވީވަށް 20 މިސައިލް ފޮނުވާލުމުން ގިނަ ބަޔަކަށް ބިރުވެރިކަން އުފެދި، ޚިދުމަތްތަކަށް ބުރޫއއރައިފި. އެއްވެސް މީހަކު މަރުވެފައެއް ނުވޭ. ހިޒްބުﷲ އިން ވެސް ވަނީ ލުބުނާނުން ހަމަ އެވަގުތު 40 ވަރަކަށް ހަމަލާ ފޮނުވާފައި
772 ދުވަސް ކުރިން - 16:40
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާތައް ފެށުނު ފަހުން 152 ސްކޫލެއް ހިމެނޭ ގޮތަށް 172 އެކޮމޮޑޭޝަން ސެންޓަރަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާ ދީފަ.
772 ދުވަސް ކުރިން - 09:46
ކޮންގޯގެ ރިޔާސީ ގަނޑުވަރަށް ވަދެ ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައިގައި 37 މީހަކަށް މަރުގެ އަދަބު ދޭން ޙުކުމްކުރިއިރު އެމެރިކާގެ 3 މީހުން ވެސް މީގެތެރޭގައި ހިމެނޭ. ބަޣާވާތުގައި އެންމެ އިސްކޮށް ހުރި މީހާ ވަނީ ބަޣާވާތުގެ ތެރޭގައި ބަޑިޖަހައި މަރާލާފަ
773 ދުވަސް ކުރިން - 15:07
ޣައްޒާ ސިޓީއާއި ނުސެއިރާގެ ގެތަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާދީ 2 މީހަކު ޝަހީދުކޮށް ގިނަބަޔަކު ޒަޚަމް ކޮށްފަ. މީގެއިތުރުން ހުކުރުދުވަހުގެ ހަވީރު ހެބްރޫންގެ އަވަށްތަކަށް އިސްރާއީލުން ވަދެ ޖެއްސުން ކުރުމާއި ބިރު ދެއްކުމަށް ކަރުނަގޭސް ޖެހުމުން 10މީހަކަށް ފަރުވާ ދޭން ޖެހުނު. އެއީ އަންހެނުންނާއި ކުޑަކުދިން
773 ދުވަސް ކުރިން - 23:42