ލުބުނާނުގައި އިސްރާއީލުން ޝަހީދު ކޮށްލާފައި ވަނީ ހިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ޢަޤީލް. މ ހަމަލާގައި އިތުރު 12 މީހުން ޝަހީދުވި ކަމަށް ބައެއް ޚަބަރުައް ބުނާއިރު އެމެރިކާގެ އެޖެންސީއަކުން ބުނަނީ 20 ކޮމާންޑަރުން ކަމަށް. އިސްރާއީލުން ދިން ވައިގެ ނުރައްކާތެރި ހަމަލާގައި އިތުރު 59 މީހުން ޒަހަމް ކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުނޭ
766 ދުވަސް ކުރިން - 07:27
ފާއިތުވި 24 ގަޑިއިރުގައި އިސްރާއީލުން ހިންގި ބޮޑެތި ޢުދުވާންތަކުގެ ތެރޭގައި ޣައްޒާ ސިޓީ، ބެއިތު ލާހިޔާ، ޖަބަލިއާ، އަދި ނުސައިރާތު ރެފިއުޖީ ކޭމްޕް ހިމެނޭ. ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާރު ބައިލައްކައާއި ގާތްކުރާއިރު، 1 ލައްކަ އާއި ގާތްކުރާ އަދަދަށް މީހުން ވަނީ ޒަޚަމް ވެފަ
766 ދުވަސް ކުރިން - 16:14
ލުބުނާނުން ޕޭޖަރުތަކަށް އޯޑަރުކުރީ ތައިވާނުގެ ގޯލްޑް އެޕޯލޯ ކުންފުންޏަށް. ނަމަވެސް އެކުންފުނިން ބުނީ އެތަކެތި އުފެއްދީ ބީއޭސީ ކުންފުނިން. ބީއޭސީ ކޮންސަލްޓިން ކޭއެފްޓީން އިސްރާއީލާ ވިޔަފާރީގެ ގުޅުން ގާއިމްކޮށް ޚާއްސަކޮށް އިސްރާއީލުގެ ފަރުމާތައް ބައިވެރިވާ ޖޮއިންޓް ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަސައްކަތް ކުރޭ. ނަމަވެސް މި ގުޅުމުގެ އަޑިއާ ބެހޭ ތަފްސީލުތައް އެމީހުން ވަނީ ސިއްރުކޮށްފަ
767 ދުވަސް ކުރިން - 23:13
ލުބްނާންގެ ޙިޒްބުالله ޖަމާޢަތުގެ މުޖާހިދުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތައް ގޮއްވައިލައިގެން ދިން ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލައި 3,000އެއްހާ މީހުން ޒަޚަމު ކޮށްލި. ވޯކީޓޯކީތައް ގޮއްވައިލައިގެން ދިން ޙަމަލާތަކުގައި 20 މީހުން ޝަހީދު ކޮށް 450އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލި
767 ދުވަސް ކުރިން - 22:32
އިސްރާއީލުން ޣައްޒާ އާއި ރަފާއަށް މިއަދު ދިން ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 10 މީހަކު ޝަހީދުވެއްޖެ. ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމަނުޖެހުންތަކުގައި ޝަހީދުވި މީހުންގެ އަދަދު 41،272 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން
768 ދުވަސް ކުރިން - 22:23
ފިލިޕީންސްގައި އެމްޕޮކްސް ބަލީގެ ކޭސްތައް 18 އަށް އަރައިފިއެވެ. މީގެ ތެރެއިން 5 މީހުން ވަނީ ފަސޭހަވެފަ. އަދި 11 މީހުން ދަނީ ގޭގައި އެކަހެރިކުރެވިގެން ފަރުވާ ހޯދަމުންނެވެ. މީގެ އިތުރުން، ޑެންގީ ހުމުގެ ކޭސްތައްވެސް 68 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިލިޕީންސްގެ ސިއްޙީ ވަޒީރު ވިދާޅުވެއްޖެ.
769 ދުވަސް ކުރިން - 00:32
ކުޑަކުދިންގެ އޮރިޔާން ފޮޓޯ ގަތުމުގެ މައްސަލައިގައި ބީބީސީގެ ކުރީގެ ޕްރެޒެންޓަރު ހޫ އެޑްވާޑްސްއަށް 6 މަހުގެ ޖަލު ހުކުމެއް ކޮށްފި، ނަމަވެސް އޭނާގެ ހުކުމް ދެ އަހަރަށް ސަސްޕެންޑް ކޮށްފައިވޭ.
769 ދުވަސް ކުރިން - 00:30
މި ހަމަލާގައި ޝަހީދުވެފައި ވަނީ ފާތިމާ ޖާފަރް އަބްދުﷲ ނަމަކަށް ކިޔާ އަންހެން ކުއްޖެއް. އެ ކުއްޖާ ޝަހީދުވީ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން މުއާމަލާތް ކުރަން ގެންގުޅޭ ޑިވައިސްތަކެއް އިސްރާއީލުން ހެކްކޮށްގެން ދިން ހަމަލާއެއްގައި.
769 ދުވަސް ކުރިން - 00:30
ސިންގަޕޫރުގައި ބާރު ސްޕީޑުގައި ކާރު ދުއްވުމުގެ ސަބަބުން ހައްޔަރުކުރެވުނު 31 އަހަރުގެ މީހަކު ފުލުހެއްގެ ގައިގައި ދަތްއަޅައިފި. މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުގެ މުވައްޒަފަކު ޑިއުޓީ އަދާކުރުމަށް ހުރަސްއެޅުމާއި އަނިޔާ ދިނުމުގެ ދައުވާގެ އިތުރުން، ސިންގްޕާސްގެ ތަފްސީލު ހާމަކުރުމުގެ ކުށުގައި ކޮމްޕިއުޓަރ މިސްޔޫސް އެކްޓުގެ ދަށުން ވެސް ދައުވާކުރެވޭނެ
769 ދުވަސް ކުރިން - 00:26
އިސްރާއީލުން ޣައްޒާ ހުސްކުރުމަށް މިހާތަނަށް 55 އަށްވުރެ ގިނަ އަމުރު ތަންފީޒުކޮށްފައިވާ ކަމަށް އދ. އިން ބުނެފި. މި އަމުރުތަކުގެ ސަބަބުން ޣައްޒާގެ 85 އިންސައްތަ ސަރަހައްދު ހުސްކުރެވޭނެ ކަމަށް އދ. އިން މަޢުލޫމާތު ދީފައިވޭ.
769 ދުވަސް ކުރިން - 00:22
އަފްޣާނިސްތާނުގައި ހިންގަމުންދިޔަ ޕޯލިއޯ ވެކްސިން ކޭމްޕްތައް ތާލިބާނުން ހުއްޓުވާލައިފިއެވެ. މިއީ ދުނިޔޭގައި ޕޯލިއޯ ނައްތާނުލެވި އޮތް ދެ ގައުމުންކުރެ އެއް ގައުމު. މި ހުއްޓުވުމުގެ ސަބަބުން ޕޯލިއޯ ނައްތާލުމުގެ މަސައްކަތަށް ބޮޑު ހުރަހެއް އެޅި، ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް އޮތްކަމަށް ސިއްޙީ ދާއިރާއިން ކަންބޮޑުވުން ފާޅުކޮށްފައިވޭ
769 ދުވަސް ކުރިން - 00:21
ސައިބަރ ސެކިއުރިޓީ މާހިރުން ގޫގުލްގެ ލޮގިން ޕޭޖެއްގެ ގޮތުގައި ފެންނަ ނުރައްކާތެރި މެލްވެއާއެއް ފެތުރެމުންދާކަން ރިޕޯޓުކޮށްފި. މި މެލްވެއާ ބްރައުޒަރު ލޮކްކޮށް، ގޫގުލްގެ ކްރެޑެންޝަލްތައް ވަގަށް ނަގަން މަސައްކަތްކުރޭ. މިފަދަ ހާލަތަކާއި ކުރިމަތިވެއްޖެނަމަ، ލޮގިން މަޢުލޫމާތު ނުދިނުމަށާއި އަވަހަށް އެންޓިވައިރަސް ސްކޭނެއް ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވޭ.
769 ދުވަސް ކުރިން - 23:49