ލުބުނާނުގެ ދެކުނުގައި ޕޭޖަރާއި ވޯކީ ޓޯކީ ފަދަ މުވާސަލާތީ ވަސީލަތްތަކަށް ދިން ސިލްސިލާ ހަމަލާތަކުގެ ސަބަބުން 32 މީހުން ޝަހީދުވެ، 3450 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެއްޖެއެވެ.
ވޯކީޓޯކީތައް ގޮއްވައިލައިގެން ޔަހޫދީން ދިން ޙަމަލާތަކުގައި 20 މީހުން ޝަހީދު ކޮށްލިއެވެ. އަދި, 450އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އަދި, ޕޭޖަރުތައް ގޮއްވައިލައިގެން ދިން ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލައި 3,000އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ.
ލުބުނާނުގެ ކަމާބެހޭ ފަރާތްތަކާއި ހިޒްބުالله އިން ބުނާ ގޮތުގައި އެ ޑިވައިސްތަކުގައި ގޮވާތަކެތި ހަރުކޮށްފައިވަނީ ޔަހޫދީ ޖާސޫސީ އިދާރާއިންނެވެ.
ޔަހޫދީ ސިފައިންގެ އޮފިޝަލުން ބުނީ ލުބުނާނުން ވަނީ ޔަހޫދީ ސަރުކާރުގެ އިސް ވެރިން މަރާލުމަށް ރޭވުންތަކެއް ރާވާފައެވެ. އެހެންކަމުން ޔަހޫދީން ލުބުނާނަށް ހަމަލާދެނީ އެކަމާހެދި ކަމަށް ޔަހޫދީން ބުނެއެވެ. އަނެއްކޮޅުން ލުބުނާނުން ވަނީ އީރާނަށް ދިޔަ ޔަހޫދީ ވިޔަފާރިވެރިއަކާއި ބައިއަތު ހިފައި އިސްރާއީލްގެ ސަރުކާރުގެ އިސްވެރިންނަށް ހަމަލާ ދިނުމަށް ރާވާފައި ކަމަށް ވެސް ޔަހޫދީން ބުނެއެވެ.
މި ހުރިހާ ވާހަކަތައް ލުބުނާނުން ދޮގުކުރާއިރު، ޔަހޫދީން މިހާރު ދަނީ ލުބުނާނުގެ ސަރަހައްދީ ރޮނގު ކައިރިޔަށް ބަރު ހަތިޔާރުތައް ވެސް ޖަމާ ކުރަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ އިސްރާއީލުން މިހާރު މަސައްކަތް ކުރަނީ އެއްގަމުމަގުން ލުބުނާނަށް އަރައި ހަނގުރާމަކޮށް ބިން ފޭރިގަތުމަށެވެ.