Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމާ ދެކޮޅަށް ހިޒްބުالله އިން އިންޒާރު ދީފި!

ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމާ ދެކޮޅަށް ހިޒްބުالله އިން އިންޒާރު ދީފި!

ޢަބްދުﷲ ޖުނައިދު
323 ދުވަސް ކުރިން - 26 އޯގަސްޓް 2025 11:24
ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ޤާސިމް.
ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ޤާސިމް.
ޚުލާސާ

އެމެރިކާ އާއި އިސްރާއީލުގެ ބަހަށް ތިމަންނާމެންގެ ހަތިޔާރު ލުބުނާނުގެ ސަރުކާރާއި ޙަވާލު ނުކުރާނެ ކަމަށާއި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ހިޒްބުالله އިން އިންޒާރު ދީފި.

ހަތިޔާރުތައް ޙަވާލު ނުކުރާނެ ކަމަށް ވިދާޅުވެ އެމެރިކާ އާއި އިސްރާއީލަށް ލުބުނާނުގެ ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ޤާސިމް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ނާޢިމް ޤާސިމް މި އިންޒާރު ދެއްވީ، މަކަރުވެރި ހީލަތްތެރި ރޭވުމަކުން އެމެރިކާއިން ލުބުނާނު ސަރުކާރާއި ގުޅިގެން ހިޒްބުاللهގެ ހަތިޔާރުތައް އަތުލައި މެދުއިރުމަތީގެ ފުރިހަމަ ކޮންޓުރޯލް އިސްރާއީލަށް ދިނުމަށް ހަދާފައިވާ ޕްލޭނުގެ ތެރެއިން ލުބުނާނު ސަރުކާރުން ހިޒްބުالله އާއި ދެކޮޅަށް މަސައްކަތް ފެށުމާއި ގުޅިގެން ދެއްވި ތަޤްރީރެއްގައެވެ.

ހިޒްބުالله އިން އިތުރަށް އިންޒާރު ދެއްވި ގޮތުގައި އެމެރިކާގެ ނުފޫޒުގެ ދަށުން ހަތިޔާރު ނައްތާލުމަށް ބާރުއަޅަން ކުރާ މަސައްކަތްތަކުގެ ސަބަބުން އުފެދޭނީ އެތެރޭގެ ހަމަނުޖެހުންތަކާއި ދާޚިލީ ހަނގުރާމައެއް ކަމަށާއި، ނަފްސު ސަލާމަތް ކުރުމަށްޓަކައި އެމެރިކާގެ ކުރިމަތީގައި ވެސް އަދި އެއްވެސް ބައެއްގެ ކުރިމަތީގައި ހިޒްބުالله އިން ކުޑަކަކުލެއް ނުޖަހާނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އެދިގެން ލުބުނާނު ސަރުކާރުން ވަނީ ހަތިޔާރު ނައްތާލުމަށް ހިޒްބުاللهގެ ލީޑަރުންނަށް އަންގައި މި އަހަރުގެ ޑިސެމްބަރު މަސް އަންނަންވާއިރަށް އެއްވެސް ހަތިޔާރެއް ހިޒްބުاللهގެ އަތުގައި ހުރެގެން ނުވާނެ ކަމަށް އަންގާފައެވެ.

Advertisement

Advertisement 1

ރައްދުގައި ނަޢީމް ޤާސިމް ވިދާޅުވީ އެމެރިކާއާއި އިސްރާއީލުގެ މަސްލަޙަތު ޙިމާޔަތް ކުރުމަށް ހިޒްބުالله ގެ ހަތިޔާރުތައް ނައްތާލުމަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.

މެދުއިރުމަތީގައި އެމެރިކާ އާއި އިސްރާއީލުން ހޯދަން އުޅޭ ކޮންޓުރޯލާއި ދެކޮޅަށް މަސައްކަތްކުރާ ހިޒްބުﷲގެ ހަތިޔާރުތައް އަތުލުމަށް ލުބުނާނު ސަރުކާރުން މަސައްކަތް ފެށުމާއި އެކު ހިޒްބުﷲގެ ލީޑަރު ވިދާޅުވީ ހަތިޔާރު ދެމިއޮތީ އެ މީހުންގެ ނަފްސާއި ބިމާއި ކަރާމާތް ރައްކާތެރި ކުރުމަށް ކަމަށާއި، ހަތިޔާރުތައް އަތުލުމަށް ލުބުނާނު ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށެވެ.

"ހަތިޔާރުތައް ދެމިއޮތީ އަހަރެމެންގެ ނަފްސާއި، އަހަރެމެންގެ ޝަރަފާއި، ބިމާއި، ކަރާމާތާއި، ދަރިންގެ މުސްތަޤްބަލުގައި" ޤާސިމް ވިދާޅުވީ އެ ޖަމާޢަތުގެ ހަތިޔާރު އަތުލުމަށް މަސައްކަތްކުރާ މީހުންނަކީ، ޙަޤީޤަތުގައި ލުބުނާނުގެ ދިފާޢީ ޤާބިލުކަން ނަގާލުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. "މި ހަތިޔާރުތައް ނަގަން ބޭނުންވާ މީހަކު ބޭނުންވަނީ އަހަރެމެންގެ ނަފްސުތައް ނަގާލަން،" ސަރުކާރުގެ ނުވަތަ ބައިނަލްއަގްވާމީ ޕްރެޝަރަށް އެ ޖަމާއަތުން ބޯނުލަނބާނެ ކަމަށް ވަޢުދުވެ އެނާ އިންޒާރު ދެއްވިއެވެ.

އެމެރިކާއިން ބުނާ ގޮތެއް ހަދައި ވަކި އޮނިގަނޑެއްގެ ތެރެއިން ހިޒްބުالله އިން ހަތިޔާރު ނައްތާލަން ފަށައިފިނަމަ ލުބުނާނުގެ ދެކުނުން އިސްރާއީލް ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން ފޭބުމުގެ މަސައްކަތް ފަށާފާނެ ކަމަށް އިސްރާއީލުން މި ހަފްތާގައި އިޝާރާތްކޮށްފައިވެ އެވެ.

އިސްރާއީލާއި އެމެރިކާގެ މި ވާހަކަތައް ލުބުނާނުގެ މިހާރުގެ ސަރުކާރުން ޤަބޫލުކުރެއެވެ.

މެދުއިރުމަތިއެމެރިކާލުބުނާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

1 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

2 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

4 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

5 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

5 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

6 ދުވަސް ކުރިން - 21:05