ޙިޒްބުﷲ އަތުން ހަތިޔާރުތައް އަތުލަން ލުބުނާނުގެ ސަރުކާރުން މަސައްކަތް ފަށައިފި

ޢަބްދުﷲ ޖުނައިދު | 82 ދުވަސް ކުރިން - 30 ޖުލައި 2025 01:46
ކުއްލި ޚަބަރު: ޙިޒްބުﷲ އަތުން ހަތިޔާރުތައް އަތުލަން ލުބުނާނުގެ ސަރުކާރުން އަންގައިފި
ކުއްލި ޚަބަރު: ޙިޒްބުﷲ އަތުން ހަތިޔާރުތައް އަތުލަން ލުބުނާނުގެ ސަރުކާރުން އަންގައިފި
ޚުލާސާ

އިސްރާއީލަށް ޓަކައި ޙިޒްބުﷲގެ ހަނގުރާމަވެރިންގެ އަތުން ހުރިހާ ހަތިޔާރެއް އަތުލައި ސަރުކާރާއި ޙަވާލު ކުރުމަށް ލުބުނާނުގެ ސަރުކާރުން އަންގައިފި.

ހިޒްބުالله ހަތިޔާރު ނައްތާލުމަށްޓަކައި ހުރިހާ ހަތިޔާރެއް ދައުލަތުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ލުބުނާނުގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިގޮތަށް މިކަން ނިންމީ ޔޫރަޕާއި އެމެރިކާ އަދި އިސްރާއީލުން ބުނެގެން ބޮޑުވަޒީރު ނަވާފް ސަލާމް އާއި ރައީސް ޖޯސެފް އައުނެވެ.

ޙިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ނާއިމް ޤާސިމް ވިދާޅުވީ އޭނާގެ ޖަމާއަތުން "އިސްރާއީލަށްޓަކައި" ހަތިޔާރު ހަވާލު ނުކުރާނެ ކަމަށާއި ހަތިޔާރު ނައްތާލުމަކީ "ލުބުނާނުގެ އެތެރޭގެ ކަމެއް" ކަމަށެވެ.

ޙިޒްބުﷲ އަކީ އީރާނުގެ މަދަދާއި އެކު އިސްރާއީލާއި ދެކޮޅަށް ލުބުނާނުގައި ހަނގުރާމަ ކުރަމުންދާ ބާރުގަދަ ޖަމާޢަތެކެވެ. އެ ޖަމާއަތުން ވަނީ އިސްރާއީލުގެ 200 އަށް ވުރެ ގިނަ ސިފައިން މަރާލާފައެވެ.

ރޮއިޓާސްގެ ރިޕޯޓެއްގައިވާ ގޮތުން އެމެރިކާއިން ޕްރެޝަރު ކުރަމުންދަނީ ބެއިރޫތުގެ ކެބިނެޓްގެ ނިންމުމަކުން މި މަސައްކަތް ރަސްމީކޮށް ކުރުމަށެވެ.

މިހާރުވެސް އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާގެ މަސައްކަތުން ލުބުނާނުގެ ދެކުނުގައި، ޚާއްޞަކޮށް ލިޓާނީ ކޯރުގެ ދެކުނުގައި ހިޒްބުاللهގެ އަސްކަރީ %80 އަށްވުރެ ގިނަ ތަންތަން ވަނީ ރޫޅާލާފ

އެމެރިކާގެ މަންދޫބު ތޯމަސް ބެރެކް ވަނީ ލުބުނާނުގެ ފަސްގަނޑުގައި ހުރި ޙިޒްބުﷲގެ ހުރިހާ ހަތިޔާރެއް އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ގޮވާލައްވާފައެވެ. 


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%