Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިސްރާއީލުން ބޭނުންވި ގޮތަށް ލުބުނާނުގައިވާ ހަތިޔާރުތައް ނައްތާލަން ފަށައިފި

ހުސައިން އިސްމާއިލް
430 ދުވަސް ކުރިން - 22 އޯގަސްޓް 2025 13:49
ލުބުނާނުގައިވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ފަތަޙް ޖަމާޢަތުގެ ހަތިޔާރުތައް ލުބުނާނު ސަރުކާރާއި ޙަވާލުކުރުން
ލުބުނާނުގައިވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ފަތަޙް ޖަމާޢަތުގެ ހަތިޔާރުތައް ލުބުނާނު ސަރުކާރާއި ޙަވާލުކުރުން
ޚުލާސާ

އިއްޔެ ލުބުނާނުގެ ސަރުކާރުން، ފަލަސްޠީނުގެ މަހުމޫދު ޢައްބާސްގެ މަޝްވަރާއާއެކު ނައްތާލަން އެއްބަސްވި ހަތިޔާރުތައް އަތުލައިފި. ޙިޒްބުاللهއިން ބުނީ އެމީހުންގެ އެއްވެސް ހަތިޔާރެއް ލުބުނާނު ސަރުކާރާއި ޙަވާލު ނުކުރާނެކަމަށް.

ލުބުނާނުގެ ފަލަސްތީނުގެ ފެކްޝަންތަކުން ރެފިއުޖީ ކޭމްޕްތަކުގައި ހުރި ހަތިޔާރުތައް ލުބުނާނުގެ ސަރުކާރާއި ޙަވާލުކުރަން ފަށައިފި ކަމަށް ލުބުނާނު ސަރުކާރުން ބުނެފިއެވެ.

ލުބުނާނުގެ ބޮޑުވަޒީރު އަދި އެމެރިކާގެ ޕަޕެޓް ނަވާފް ސަލާމްގެ އޮފީހުން ބުނީ އިއްޔެއިން ފެށިގެން ލުބުނާނުގައި ހުންނަ ފަލަސްޠީނުގެ ރެފިއުޖީ ކޭމްޕު ތަކުގައިވާ ހަތިޔާރުތައް ޙަވާލުކުރަން ފަށަފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކުގައި ބުރުޖް އަލް ބަރަޖްނޭ އާއި އެހެނިހެން ކޭމްޕްތަކުގައި ހުރި ހަތިޔާރުތައް ވެސް އަތުލާނެ ކަމަށެވެ.

ރެފިއުޖީ ކޭމްޕްތަކުގައި ތިބި ފަލަސްތީނުގެ ފެކްޝަންތައް ހަތިޔާރު ނައްތާލަން ފެށި ނަމަވެސް ޙިޒްބުاللهގެ ބާރު އެ ސަރަޙައްދުގައި އޮންނާތީވެ، ލުބުނާނުގެ ސަރުކާރުން އެ މަސައްކަތް ކުޮށްފައި ވަނީ ވަރަށް ބޮޑު ސަރަޙައްދެއް ބަންދުކޮށްގެންނެވެ. މި ހަތިޔާރުތައް އެއްކުރަން ދިޔައީ ލުބުނާނުގެ އިންޓެލިޖެންސުން އަސްކަރީ އުޅަނދު ތަކުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

Advertisement

Advertisement 1

ލުބުނާނުގައިވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ފަތަޙް ޖަމާޢަތުގެ ހަތިޔާރުތައް ލުބުނާނު އަސްކަރީ ވެހިކަލްތަކަށް ބަރުކޮށްގެން ގެންދަނީ. / ފޮޓޯ: އިސްރާއީލް ޓައިމްސް

ލުބުނާނުގައި ހުންނަ ފަލަސްޠީނުގެ ޤައުމީ ސަލާމަތުގެ ވެރިޔާ ފަތަޙް ޙަރަކާތުގެ މޭޖަރ ޖެނެރަލް ސުބީ އަބޫ އަރަބް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހަތިޔާރުތައް ލުބުނާނު ސަރުކާރާއި ޙަވާލުކުރީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި ލުބުނާނުގެ ރައީސް ޖޯސެފް އައުން މެއި 21 ވަނަ ދުވަހު ބެއިރޫތުގައި ބޭއްވި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކާއި އަދި ވެވިފައިވާ އެއްބަސްވުންތަކާއި ގުޅިގެންނެވެ. މަހްމޫދު ޢައްބާސް އަކީ ޙަމާސްގެ ދުޝްމަނެކެވެ. އަނެއްކޮޅުން ބަލާއިރު މަހްމޫދު ޢައްބާސް އަކީ ފަތަޙްގެ ލީޑަރު ރައީސް ޔާސިރު ޢަރަފާތު 2004 ގައި އަވަހާރަވުމަށްފަހު އެ ޖަމާޢަތުގެ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅާއެވެ. ޔާސިރު ޢަރަފާތު ގެންގުޅުއްވި އުޞޫލުތައް މަހްމޫދު ޢައްބާސް ނުގެންގުޅުއްވައެވެ.

ލުބުނާނު ސަރުކާރުން ބުނެފައި ވަނީ އެ ޤައުމުގައި ހަތިޔާރު ގެންގުޅެވޭނީ ހަމަ އެކަނި ލުބުނާނުގެ ސިފައިންނަށެވެ. މިއީ އެމެރިކާ އިސްވެ އޮވެ އިސްރާއީލުގެ ސަލާމަތަށްޓަކައި ކުރާ ކަމެކެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ލުބުނާނަށް ޙަމަލާ ދިންއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމަޔަށް 4،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ގާތްގަނޑަކަށް 17،000 މީހުން ޒަޚަމްވިއެވެ. މި ހަނގުރާމައިގައި ހިޒްބުاللهގެ ޙަމަލާ ތަކުގައި އިސްރާއީލު ކުޑަކަކޫ މައްޗަށް ތިރިވާ ހިސާބަށް ދިޔުމުން އެންމެ ފަހުން އެމެރިކާ މެދުވެރިވެ ހަނގުރާމަ ހުއްޓަލުމަށް ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް ނޮވެމްބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައެވެ.

ހަނގުރާމަ ހުއްޓައިލީ އިސްރާއީލުން ހިޒްބުالله އަށް ޙަމަލާ ނުދޭނެ ކަމަށް ޝަރުޠު ކޮށްފައެވެ. އެހެންނަމަވެސް، އެ އެއްބަސްވުމުގައި އިސްރާއީލުން ލުބުނާނަށް ޙަމަލާ ނުދޭނެ ކަމަށް ޝަރުޠެއް ނުކުރެއެވެ. އޭގައި ވަނީ ލުބުނާނުން އިސްރާއީލަށް ނުރައްކަލެއް އައިސްފިނަމަ ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އިސްރާއީލުން ލުބުނާނަށް ޙަމަލާ ދޭނެ ކަމަށެވެ.

އިސްރާއީލުން ލުބުނާނުން ފޭބި ކަމުގައި ވިޔަސް ލުބުނާނު ކައިރީގައި މިހާރުވެސް 5 ސަރަޙައްދެއްގައި ޙަރަކާތްތެރިވެއެވެ.

ލުބުނާނުގެ ކެބިނެޓުން ނިންމާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައިވާ އިސްރާއީލަށް ނުރައްކާކުރާ އެކި ޖަމާޢަތްތަކާއި ވާހަކަ ދައްކައި އެ މީހުންގެ އަތުގައި ހުރި ހުރިހާ ހަތިޔާރުތައް އަތުލުމަށެވެ. ނަމަވެސް ޙިޒްބުالله އިން މި ކަމަށް އިންކާރު ކުރެއެވެ.

ޙިޒްބުالله އިން ބުނަނީ ހަތިޔާރު ނައްތާލުމުން ލުބުނާނުގެ ދިފާއީ ނިޒާމު ބަލިކަށިވެ، އިސްރާއީލަށް އެމީހުންގެ މަޤްޞަދު ޙާޞިލް ވާނެ ކަމަށެވެ. ހިޒްބުالله އިން ބުނެފައި ވަނީ ހަތިޔާރާއި ބެހޭ ގޮތުން މަޝްވަރާ ކުރަން ވިސްނާނީ ވެސް އިސްރާއީލުން ޙިޒްބުاللهގެ ދެކުނު ސަރަޙައްދުތަކުން މުޅިން ފެޔަށް ޖެހި އަސްކަރީ ހުރިހާ ޙަރަކާތްތައް ހުއްޓާލައިފި ނަމައެވެ.

ލުބުނާނުގެ މިހާރުގެ ބޮޑުވަޒީރު ނަވާފް ސަލާމަކީ އެމެރިކާގެ ޕަޕެޓެކެވެ. އޭނާގެ މަޤްޞަދަކީ ހިޒްބުاللهގެ ނުފޫޒު ލުބުނާނުން މުޅިން ކަނޑުވާލުމެވެ. ސަބަބަކީ އިސްރާއީލަށް މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ބިރަކީ ހިޒްބުالله އާއި އަދި އެ ޖަމާޢަތަށް ވާގި ދޭ އީރާން ކަމަށް ވާތީއެވެ.

ލުބުނާންމެދުއިރުމަތި
Advertisement
Advertisement

ގުޅުން ހުރި ޚަބަރުތައް

މިލިޝިޔާތައް ލައްވައި ހުޅަނގުން ހިންގާ ބައިނަލްއަޤްވާމީ ޖަރީމާ!

މިލިޝިޔާތައް ލައްވައި ހުޅަނގުން ހިންގާ ބައިނަލްއަޤްވާމީ ޖަރީމާ!

16 ގަޑިއިރު ކުރިން - 11:54

ގަލްފުން 1.5 ބިލިއަން ފީފާ ތެޔޮ އެކްސްޕޯޓުކުރީ އެމެރިކާ ސިފައިންގެ އެހީގައި

ގަލްފުން 1.5 ބިލިއަން ފީފާ ތެޔޮ އެކްސްޕޯޓުކުރީ އެމެރިކާ ސިފައިންގެ އެހީގައި

18 ގަޑިއިރު ކުރިން - 09:30

ސަންޢަގެ އިމާރާތަކަށް އެރި ހަމަލާއެއްގައި ގިނަބަޔަކު މަރުވެއްޖެ

ސަންޢަގެ އިމާރާތަކަށް އެރި ހަމަލާއެއްގައި ގިނަބަޔަކު މަރުވެއްޖެ

2 ދުވަސް ކުރިން - 23:58

ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

2 ދުވަސް ކުރިން - 09:54

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ކުއްލި ގޮތަކަށް މަދުކުރަން ފަށައިފި

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ކުއްލި ގޮތަކަށް މަދުކުރަން ފަށައިފި

4 ދުވަސް ކުރިން - 09:50

ލޭއޮހޮރުވުމަށް ހުއްޓުމެއް ނެތް! ޣައްޒާގެ ޝަހީދުންގެ ޢަދަދު 75,000 އަށް!

ލޭއޮހޮރުވުމަށް ހުއްޓުމެއް ނެތް! ޣައްޒާގެ ޝަހީދުންގެ ޢަދަދު 75,000 އަށް!

5 ދުވަސް ކުރިން - 14:44

0 ރިއެކްޝަންސް / 0 ކޮމެންޓް

0%