އިސްރާއީލުން ފޮނި ކެނޑިއިރު، ފެނުނު ސިއްރު އެއާބޭސް އަކީ އީރާނުން ދޫކޮށްލާފައިވާ ތަނެއް

ޢަބްދުﷲ ޖުނައިދު | 99 ދުވަސް ކުރިން - 28 އޯގަސްޓް 2025 13:08
އިސްރާއީލް އެއާފޯސްގެ ބޯޓެއް ދަތުރުކުރަނީ: އިސްރާއީލުން އޮޕަރޭވަނެއް ހިންގީ އީރާނުން ބޭނުން ނުކޮށް މިހާރު ދޫކޮށްލާފައިވާ ބޭސް އެއްގައި.
އިސްރާއީލް އެއާފޯސްގެ ބޯޓެއް ދަތުރުކުރަނީ: އިސްރާއީލުން އޮޕަރޭވަނެއް ހިންގީ އީރާނުން ބޭނުން ނުކޮށް މިހާރު ދޫކޮށްލާފައިވާ ބޭސް އެއްގައި.
ޚުލާސާ

އިސްރާއީލުގެ ޖާސޫސީ ސިފައިން ޖަބަލް މަނާޢާގައިވާ އީރާނުގެ ސިއްރު އެއާބޭސް އަށް ވައިކުޑައިގައި ފޭބިއިރު އެ ތަނަކީ މިހާރު އީރާނުން ބޭނުން ނުކޮށް ދޫކޮށްލާފައިވާ ތަނެއް.

ދިމިޝްގު ކައިރީގައި އޮންނަ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ކުރިން އޮތް ވައިގެ ދިފާއީ މަރުކަޒަކަށް އިސްރާއީލުގެ ސިފައިން އަރައި އޮޕަރޭޝަނެއް ހިންގައިފިއެވެ.

ކިސްވާ ސިޓީ ކައިރީގައިވާ ޖަބަލް މަނާޢާ ފަރުބަދަ މަތީގައި ހުންނަ މި ތަނަކީ ސޫރިޔާގައި އަސަދު ވެރިކަން ކުރި ދުވަސްވަރު އީރާނުގެ ސިފައިން ބޭނުންކުރި ބޭސްއެއް ކަމަށް ސީރިއާގެ އަސްކަރީ މަސްދަރުތަކުން ބުނެއެވެ. އަސަސުގެ ވެރިކަން ނިމުމަށްފަހު އީރާނުން މި ބޭސް ބޭނުމެއް ނުކުރެއެވެ.

ކިސްވާ އަކީ ސީރިޔާގެ ދިމިޝްޤުގެ ދެކުނުން ގާތްގަނޑަކަށް 13 ކިލޯމީޓަރު (8 މޭލު) ދުރުގައި އީރާނުގެ އަސްކަރީ ކަންކަމާއި ގުޅިފައި އޮތް ސިޓިއެކެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ހަނގުރާމަމަތީ އުޅަނދުތަކާއި ސިފައިންނަށް ދިރިއުޅެވޭނެ ގޮތަށް އެ ސަރައްދުގައި އީރާނުން ވަނީ ވަރަށް ތިރި ޢިމާރާތްތަކެއް ވެސް ހަދާފައެވެ.

އިސްރާއީލުގެ ޖާސޫސުންނަށް ފެނުނު އީރާނުން ކުރިން ހިންގި މިލިޓަރީ އެއާ ބޭސް / ފޮޓޯ: އައިޑީއެފް

އެ ބޭސް އަކީ އީރާނުން ސީރިއާގައި ހިންގާ އޮޕަރޭޝަންތައް ކޯޑިނޭޓްކޮށް މުޅި ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ބޭނުންކުރި އަސްކަރީ ހަބެއް ކަމަށް ވެއެވެ. އެ ތަނުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ޙިޒްބުاللهގެ ކޮމާންޑް ސެންޓަރެއް ހުންނައިރު، އެ ތަނަކީ ހަތިޔާރު ވެސް ރައްކާކުރާ ތަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ވަނީ ތެހެރާނުގެ އެންމެ ފަހުގެ ޑްރޯން އާއި މިސައިލްތައް އަދި އެހެނިހެން ހަތިޔާރުތައް ސީރިއާއަށް ގެންދިޔުމަށް މި ބޭސް އީރާނުން ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މި ބޭސް ފެނުމަކީ އިސްރާއީލުގެ ޖާސޫސުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި މަޢުލޫމާތުތައް ލިބުމުގެ ސަބަބުން ސަރަޙައްދުގެ ކޮންޓުރޯލް ނެގުމަށް އިސްރާއީލަށް އިތުރަށް ފަސޭހަ ވެއްޖެ ކަމަށް އިސްރާއީލުގެ ނޫސްތަކުގައި ވެއެވެ.

އިސްރާއީލުގެ ޖާސޫސުންނަށް ފެނުނު އީރާނުން ކުރިން ހިންގި މިލިޓަރީ އެއާ ބޭސް / ފޮޓޯ: އައިޑީއެފް

އީރާނުން ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އަސަދުގެ ސިފައިންނަށް އެހީތެރިވެދީ، އިސްރާއީލުގެ އުތުރުގެ ބޯޑަރަށް، ޚާއްސަކޮށް ޔަހޫދީން ގަދަބާރުން ހިފާފައިވާ ގޯލާން އުސްމިނަށް ނުރައްކާ ކުރުމަށް މި ބޭސް ބޭނުންކުރިއިރު، ލުބުނާނުގައި ހިޒްބުاللهގެ އޮޕަރޭޝަންތަކަށް ވެސް އެހީތެރިވެދިނެވެ. މި ތަނަކީ ޢިރާޤާއި ސީރިއާ އިން ފެށިގެން އީރާނުގެ ނުފޫޒު ލުބުނާނާއި ގުޅުވައިދޭ އީރާނުގެ ސަރަޙައްދީ ނެޓްވޯކަށް އޭރުގައި ވަރަށް މުހިންމު ޕޮއިންޓެކެވެ.

އިސްރާއީލުގެ ޖާސޫސީ ސިފައިން ވައިގެ މަގުން އެ ސަރަޙައްދަށް ގޮސް ވައި ކުޑައިގައި ބޭސް އަށް ފޭބިއިރު، މި ބޭސް އަކީ އީރާނުން މިހާރު ބޭނުންކުރާ ތަނެއް ނޫނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%