
އިސްރާއީލުން ލުބުނާނަށް ޙަމަލާ ދީ އެކަކު ޝަހީދުކޮށްލި މަންޒަރު/ ފޮޓޯ: ސޯޝަލް މީޑިއާ
ލުބުނާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ހައްދުފަހަނަ އެޅި ޓެރަރިސްޓު އިސްރާއީލުގެ ސިފައިން ދިން ޑްރޯން ޙަމަލާގައި ލުބުނާނުގެ ދެކުނުގައި އެކަކު ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައި ވެއެވެ.
ހިޒްބުالله އާއި ދެމެދު މިދިޔަ އަހަރު ނޮވެމްބަރު މަހު ގާއިމްކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އިސްރައީލުން ބުނެފައި ވަނީ ހިޒްބުاللهގެ އަމާޒަކަށް އެ މީހުން ޙަމަލާ ނުދޭނެ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ ލުބުނާނު ސަރުކާރު މެދުވެރިކޮށް ހިޒްބުاللهގެ ހުރިހާ ހަތިޔާރުތައް ނައްތައިލުމަށެވެ. އެހެންކަމުން ލުބުނާނުގެ ސަރުކާރުން މިހާރު ވަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ހަތިޔާރެއް ހިޒްބުالله އިން ލުބުނާނުގެ ސަރުކާރާއި ޙަވާލުކުރުމަށް އަންގާފައެވެ. އެއާއި އެކު ހިޒްބުاللهއިން ބުނީ މިއީ ޤައުމީ އިސްތިގުލާލަށް ނުރައްކާވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި އެކަން އެ ގޮތަށް ކުރަން ބޭނުން ނުވާ ކަމަށެވެ.
މިއަދު ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް އައިއިރު، ހިޒްބުاللهގެ ފަރާތުން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.









