ގަދަކަމުން ފަލަޞްްޠީނަށް ވެރިވެގނެގެންއުޅޭ ޔަހޫދީންގެ ހަތިޔާރު އެޅި ސިފައިން މިއަދު ޣައްޒާގައި ދިން ޙަމަލާ ތަކުގައި ފަލަޞްޠީނުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 10މީހުން ޝަހީދު ކޮށްފި ކަމަށް މަސްދަރު ތަކުން ބުނެފިއެވެ.
ފަލަޞްޠީނުގެ މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޝުޖާޢިއްޔާ އަވަށްޓެރި އިބްނު އަލް ހައިތަމް ސްކޫލްގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ.
މިހަމަލާ ދިންއިރު އެތަނަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ތަނެއްކަން އިސްރާއީލުން ދެނަހުރި ކަމަށާއި ، އަމާޒު ކޮށްފައިވަނީ މިސައިލް ހަމަލާއެއް ކަމަށް ފަލަޞްޠީނު ނޫސްތައް ބުނެއެވެ.
ޔޫރަޕްގެ ބައެއް މަސްދަރުތައް ބުނާ ގޮތުގައި ރެޑްކްރޮސް ފީލްޑް ހޮސްޕިޓަލާ ދިމާލުގައި އޮންނަ މަވާސީ ސަރަހައްދުގެ ރަފާހުގެ އައްސޭރިފަށުގެ މަގުގައި އާންމުންނާއި ކާރުތަކާއި ގެދޮރު ގެއްލިފައިވާ މީހުން ތޮއްޖެހިފައިވާ ސަރަހައްދެއްގައި އިސްރާއީލުގެ ޑްރޯން ހަމަލާއެއް އަމާޒުކުރިއެވެ. އެ ހަމަލާގައި ދެ ރައްޔިތަކު ޝަހީދުވެ 10 މީހަކު ޒަހަމްވެފައި ވެއެވެ.
އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށި ފަހުން 41،272 މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 95،551 އަށް އަރާފައިވާއިރު ޝަހީދުވެފައިވާ ބައެއް މީހުންގެ ވަނަވަރުތައް ނޭނގޭތީ ލިސްޓުގައި ނުހިމަނާކަމަށް ވެއެވެ.









