އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި 8 އަހަރުގެ އަންހެން ކުއްޖަކު ޝަހީދުވެއްޖެއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ގޮވުންތައް ގޮވި، 2،000 އަށްވުރެ ގިނަ މީހުން ޒަޚަމްވިކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
މި ހަމަލާގައި ޝަހީދުވެފައި ވަނީ ފާތިމާ ޖާފަރް އަބްދުﷲ ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޝަހީދުވީ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން މުއާމަލާތް ކުރަން ގެންގުޅޭ ޑިވައިސްތަކެއް އިސްރާއީލުން ހެކްކޮށްގެން ދިން ހަމަލާއެއްގައެވެ. ހިޒްބުﷲ އިން ބުނާގޮތުގައި ޖުމްލަ 3 މީހުން މި ހަމަލާގައި ޝަހީދުވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ހިޒްބުﷲ އިން ތަޙުޤީޤެއް ފަށައިފިކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.
ހަމަލާގެ ސަބަބުން ލުބުނާނުގެ ގިނަ ހޮސްޕިޓަލްތަކުގައި ކުއްލި ހާލަތު އިޢުލާންކުރެވި، ގިނަ ހޮސްޕިޓަލްތައް ފުރިބާރުވެފައިވާކަމަށް ލުބުނާނުގެ ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ހަމަލާއަކީ ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން ދިން ހަމަލާއެއްކަމަށް ބެލެވެއެވެ. އިސްރާއީލުން މިފަދަ ހަމަލހަމަލާތައް ދެމުންދާތީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.









