ގަތަރު ފައިނޭންޝަލް ސެންޓަރު (ކިއުއެފްސީ) އިން ވެބް ތްރީ ޓެކްނޮލޮޖީ ތަރައްޤީކުރުމަށް "ޑިޖިޓަލް އެސެޓްސް ލެބް" ފަށައިފިއެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޢުލާނުކުރި މަޝްރޫޢެއްގެ ދަށުން ފެށި ލެބެކެވެ.
ކިއުއެފްސީގެ ސީއީއޯ ޔޫސުޫސުފް މުޙައްމަދު އަލް ޖައިދާ ވިދާޅުވީ މި ލެބް މެދުވެރިކޮށް ތަރައްޤީކުރާ ޓެކްނޮލޮޖީތަކުން ގަތަރުގެ މާލީ ދާއިރާ ހަރުދަނާކޮށް، މުއްސަނދިކަން އިތުރުކުރުމުގެ މަރުކަޒަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ.
މި ލެބްގައި ބައިވެރިވުމަށް 24 ފަރާތެއް ހޮވާފައިވާ ކަމަށާއި، މީގެ ތެރޭގައި ޕޮލިގޮން، ޕާޓިއޯ އަދި އޭއެލްޓީ ރިއަލްޓެކް ހިމެނެއެވެ. އަދި ގގޫގުލް ކްލައުޑް، ދަ ހޭޝްގްރާފް އެސޯސިއޭޝަން އަދި އާރް ތްރީ ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރާނެއެވެ.
ކިއުއެފްސީން ފަށާ ބިޒްނަސް ޑިވެލޮޕްމަންޓް ފެސިލިޓީގެ ދަށުން އާ ވިޔަފާރިތަކަށް ޓެކްސް ސަޕޯޓާއި ވަޒީފާގެ މިންގަނޑުތަކާއި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
ޑިޖިޓަލް އެސެޓްސް ލެބްގެ މައިގަނޑު އަމާޒަކީ ވެބް ތްރީ ޓެކްނޮލޮޖީތައް ތަރައްޤީކޮށް، އޭގެ ބޭނުން ވިޔަފާރިތަކުގައި ހިފުމަށް މަގުފަހިކޮށްދިނުމެވެ. މި ލެބްގައި ބައިވެރިވާ ކުންފުނިތަކުން ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ދާއިރާތަކަށް ޚާއްޞަ ޙައްލުތައް ތަރައްޤީކުރުމަށް މަސައްކަތްކުރާނެއެވެ.
މި ލެބްގެ ސަބަބުން ގަތަރުގެ ޑިޖިޓަލް އިކޮނޮމީ އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި މުހިންމު މަރުކަޒަކަށް ވުމަށް މަގުފަހިވާނެ ކަމަށް ކިއުއެފްސީން ވަނީ ބުނެފައެވެ.



