މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ޕޭޖަރު ތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ވަޔަރލެސް ހަމަލާގައި 2750 މީހުން ޒަޚަމް ވެއްޖެއެވެ.
މިހާތަނަށް 8 މީހުން މަރުވެފައިވާއިރު މިއީ ލުބުނާނުގައި މިގޮތަށް ދިން މިބާވަތުގެ ފުރަތަމަ ހަމަލާއެވެ.
މީގެ ކުރިން މިފަދަ ހަމަލާއެއް އަފްޣާނިސްތާނުގައި ވަނީ ދީފައި ކަމަށް ހަބަރު ލިބެއެވެ.
ޚަބަރުތައް ލިބޭ ގޮތުގައި މި ހަމަލާގައި ޑިވައިސްތައް ގޮއްވާލާފައިވަނީ ވަޔަރލެސް ސިގްނަލް ބޭނުންކޮށްގެންނެވެ. އޭގެ މާނައަކީ ރޭޑިއޯ ފްރީކުއެންސީ ނުވަތަ މޯބައިލް ފޯނުގެ ސިގްނަލް މެދުވެރިކޮށް އެކްޓިވޭޓް ކޮށްގެންނެވެ. ބައެއް ފަރާތްތަކުން މިއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރި ކަމުގައި ވިޔަސް އެކަން އަދި ސާފުކޮށް ކަށަވަރެއް ނުވެއެވެ. އިސްރާއީލުން މިކަމުގައި އެއްވެސް އެއްޗެއް މިހާތަނަށް ނުބުނެއެވެ.
ނަމަވެސް ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ، މިއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި މިހަމަލާގައި މަރުވި 8 މީހުންގެ ތެރޭގައި ހިމެނެނީ ހިޒްބުﷲގެ އެންމެ ހަނގުރާމަވެރިއެކެވެ. ދެން ހިމެނެނީ އާންމުންނާއި ކުޑަކުއްޖެކެވެ.
ލުބުނާނާއި ސީރިއާގެ ބައެއް ހިސާބުތަކުގައި ވެސް ޒަޚަމްވި މީހުން ހިމެނޭއިރު ގިނައިން ޒަހަމްވީ އާންމުންނެވެ.









