ޔަމަނުގެ ޙޫޘީ ޖަމާއަތުން ޔަހޫދީންގެ ވެރިރަށް ތެލް އަވީވް އާއި މެދުތެރޭގެ އެހެން ސަރަހައްދުތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.
ހަބަރުތައް ބުނާ ގޮތުން ހޫތީން ވަނީ އިސްރާއީލަށް އަމާޒުކޮށް 20 މިސައިލް ފޮނުވާފައެވެ. މިހަމަލާތަކުގެ ސަބަބުން ޔަހޫދީންގެ އެއާޕޯޓް ވެސް ބަންދު ކޮށްފައިވާއިރު ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.
އިތުރު ހަބަރުތައް ބުނާގޮތުން އިސްރާއީލުގެ ވެރިރަށަށް ބޮޑު ބިރުވެރިކަމެއް ފެތުރި އާންމުންތައް ގެތަކުން ނުކުމެ ސަލާމަތް ވުމަށް ތަންތަނަށް ދުވަން ފެށިއެވެ. އެއް މިސައިލް އެއާޕޯޓާ ހަ ކިލޯމީޓަރު ދުރަށް ވެއްޓިފައިވާއިރު، އަނެއް މިސައިލް ވަނީ ބްރިޖެއްގައި ޖެހިފަ އެވެ.
އަޔަން ޑޯމް ޑިފެންސް ސިސްޓަމް ފޫއަޅުވާލި މި ހަމަލާގެ ސަބަބުން އިސްރާއީލުގެ ސަރަޙައްދެއްގައި އަލިފާން ރޯވު ރޭލު ސްޓޭޝަނަކަށް ގެއްލުން ލިބިފައިވެ އެވެ. އެއްވެސް މީހަކު މަރުވިކަން ކަށަވަރު ނުވެއެވެ.
މިއީ އިސްރާއީލުގެ ބިމަށް ޙޫޘީން ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. ޖުލައި މަހު ހީތީން ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ ދިހަ މީހަކު ޒަހަމްވެފައިވެ އެވެ.
އެއާއެކު ހިޒްބުالله އިން ވެސް ވަނީ ލުބުނާނުން ރޮކެޓް ހަމަލާތައް އިސްރާއީލަށް ފޮނުވާފައެވެ. އިސްރާއީލުގެ ރަށްތަކަށް 40 ވަރަކަށް ރޮކެޓް ހަމަލާ ފޮނުވާލިއިރު އޭގެތެރެއިން ގިނަ ހަމަލާތައް އިސްރާއީލުން ވަނީ ހުއްޓުވާފައެވެ









