ހޯމަ ދުވަހު އިންޑިއާގެ ފުލުހުން ވަނީ ތަމިލް ނާޑޫގައި ހުންނަ ސެމްސަންގް އިލެކްޓްރޯނިކްސް ކާރުހާނާގައި ހަޅުތާލު ކުރަމުން ދިޔަ 104 މުވައްޒަފުން ހައްޔަރު ކޮށްފައި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
މިދިޔަ ހަފްތާއިން ފެށިގެން އެމީހުން އަންނަނީ މަސައްކަތް ކުރުން ހުއްޓާލައި މުސާރަ ބޮޑުކުރުމަށާއި މަސައްކަތް ކުރަން ޖެހޭ ވަގުތު އިސްލާހު ކުރުމަށް އެދެމުންނެވެ.
މި ފެކްޓްރީން ގޭތެރޭގެ ސާމާނު އުފައްދާއިރު، އިންޑިއާގައި ސެމްސަންގަށް ލިބޭ 12 ބިލިއަން ޑޮލަރުގެ އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ މި ފެކްޓަރީންނެވެ.
މި މުޒާހަރާތަކަކީ ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމާއި އިލެކްޓްރޯނިކްސް އުފެއްދުން އިތުރުކުރުމުގެ މަގުސަދުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "މޭކް އިން އިންޑިއާ" ލަނޑުދަނޑިއަށް ވާސިލުވުމަށް ކުރިމަތިވި ހުރަހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޯދީގެ އަމާޒަކީ ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގައި އިންޑިޔާގެ ޓެކްނޮލޮޖީ ދާއިރާގެ އުފެއްދުންތެރިކަން 500 ބިލިޔަން ޑޮލަރަށް އިތުރު ކުރުމަށެވެ.