ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން މިއަދު ނުރައްކާތެރި ވަޔަރލެސް ޙަމަލާއެއްދީފިއެވެ.
މިހަމަލާގައި މިހާތަނަށް 8 މީހުން މަރުވެ ހާހަކަށްވުރެ ގިނަ ބަޔަކު ޒަޚަމް ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ހިޒްބުﷲގެ ކޮމިއުނިކޭޝަން ޑިވައިސްތައް ހެކްކޮށްގެން ދިން މި ހަމަލާގައި ސިލްސިލާ ގޮވުންތަކެއް ގޮވާފައިވާއިރު މިއީ ފަހަކަށް އައިސް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މި ގޮވުންތަކުގެ ސަބަބުން ލުބުނާނުގެ ދެކުނާއި ބެއިރޫތުގެ ދެކުނުގެ ސަބަރބް ހިމެނޭ ގޮތަށް އެތައް ސަރަހައްދަކަށް ވަނީ އަސަރުކޮށްފައެވެ. ދެކުނުގެ ސަބަރބްސްގެ މަގުތަކުގައި ލުބުނާނުގެ އެތައް ބަޔަކު ވެއްޓިފައި ތިބި އިރު، އެމީހުންގެ ގައިން ލޭ އޮހޮރެމުންދާ މަންޒަރު ފެނިގެން މަގުމަތިން ނަގައި ހޮސްޕިޓަލްތަކަށް ގެންދިޔަކަމުގެ ރިޕޯޓްތައްވެސް ވެއެވެ.
ފާޙަގަކޮށްލަން ޖެހޭ ކަމަކީ ހިޒްބުﷲގެ ލީޑަރ ހަސަން ނަސްރުﷲ ވަރަށް ފަހުން އެ ޖަމާޢަތުގެ މީހުން ސްމާޓް ފޯނު ބޭނުން ނުކުރުމަށް އަންގާފައިވާ ކަމެވެ. އެއީ އިސްރާއީލަށް ސްމާޓް ފޯނަށް އެކްސެސް ވެވޭ ޓެކްނޮލޮޖީ ލިބިފައިވާތީއެވެ.









