ކޮންގޯގައި ބަޣާވާތް ކުރަން މަސައްކަތްކުރި 37 މީހަކަށް މަރުގެ ހުކުމް އިއްވައިފި

ޖަވާދު | 335 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2024 15:07
މަރަން ހުކުމްކުރި އެމެރިކާގެ 3 މީހުން
މަރަން ހުކުމްކުރި އެމެރިކާގެ 3 މީހުން
ޚުލާސާ

ކޮންގޯގެ ރިޔާސީ ގަނޑުވަރަށް ވަދެ ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައިގައި 37 މީހަކަށް މަރުގެ އަދަބު ދޭން ޙުކުމްކުރިއިރު އެމެރިކާގެ 3 މީހުން ވެސް މީގެތެރޭގައި ހިމެނޭ. ބަޣާވާތުގައި އެންމެ އިސްކޮށް ހުރި މީހާ ވަނީ ބަޣާވާތުގެ ތެރޭގައި ބަޑިޖަހައި މަރާލާފަ

ކޮންގޯގެ ވެރިރަށް ކިންޝާސާގެ އަސްކަރީ ކޯޓަކުން އިއްޔެ ބަޣާވާތެއް ކުރަން އުޅުނު 37 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

މި ހުކުމް އިއްވާފައިވަނީ އޯޕަން އެއާ ސެޝަނެއްގައި ލައިވްކޮށް ބްރޯޑްކާސްޓް ކޮށްގެންނެވެ. ދައުވާ ލިބޭ މީހުންގެ ތެރެއިން ގިނައީ ކޮންގޯގެ މީހުން ކަމަށާއި އޭގެ ތެރޭގައި އިނގިރޭސި، ބެލްޖިއަމް އަދި ކެނެޑާ މީހެއް ވެސް ހިމެނޭ ކަމަކަމަށް ޚަބަރުތައް ބުނެއެވެ.

އެ މީހުންގެ މައްޗަށް ސާބިތުވީ ބަޣާވާތް ކުރަން އުޅުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އާއި ޖިނާއީ ކުށް ހިންގުމުގެ ދައުވާ އެވެ. ދައުވާ ލިބޭ ފަރާތްތަކަށް އެ ނިންމުން އިސްތިއުނާފު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް އެގައުމުގެ ގާނޫނު އަސާސީން ލިބެއެވެ.

މެއި މަހު, ރިޔާސީ ގަނޑުވަރު ހިސާރުކޮށް ސަރުކާރު ވައްޓާލަން އުޅުނު މި ބަޣާވާތުގައި އެމެރިކާގެ 3 މީހެއްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތު ވެފައެވެ.

މި ބަޣާވާތް ހުއްޓުވާލީ އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާގެ ގަޔަށް ބަޑިޖަހައި މަރައިލުމަށްފަހުގައެވެ. އެކަމުގެ ތެރޭގައި ޖުމްލަ 6 މީހުން މަރުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%