Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިޒްރޭލުން ހިޒްބުﷲއާއި ހަނގުރާމަކުރުމުގެ ގޮތުން ލުބްނާންގެ އާންމުން ދިރިއުޅޭ ސަރަޙައްދެއް ހުސްކުރަން އަންގައިފި

އިޒްރޭލުން ހިޒްބުﷲއާއި ހަނގުރާމަކުރުމުގެ ގޮތުން ލުބްނާންގެ އާންމުން ދިރިއުޅޭ ސަރަޙައްދެއް ހުސްކުރަން އަންގައިފި

އައިޝަތު ރުވާ ރިފްޢަތު
714 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2024 14:54
ފޮޓޯ: އިންޓަނެޓް
ފޮޓޯ: އިންޓަނެޓް
ޚުލާސާ

ލު އޮރިއެންޓުން ވައްޒާނީގެ މޭޔަރު ވައްޒާނީ އަހްމަދާއި ހަވާލާދީ ރިޕޯޓްކުރި ގޮތުގައި ހަސްބަޔާ އަވަށުގައި ވައްޒާނީގައި ދިރިއުޅޭ އާންމުން އެ ސަރަޙައްދު ދޫކޮށްފައި ދިއުމަށް އިޒްރޭލުން އަންގާފައިވަނީ ލީފްލެޓުތަކެއް ވައްޓައިގެން. މީގެ ކުރިންވެސް އިޒްރޭލުން ވަނީ ލުބްނާންގެ ޖިއްޔޭ ސަރަޙައްދުން އާންމުން އެހެން ތަނަކަށް ބަދަލުވުމަށް އިންޒާރުދީފައި. އިޒްރޭލާއި ހިޒްބުﷲ އާއި ދެމެދު ހަމަނުޖެހުން އުދެފިފައިވަނީ 2008 ވަނަ އަހަރުން ފެށިގެން.

އިޒްރޭލުން ހިޒްބުﷲއާއި ހަނގުރާމަކުރުމުގެ ގޮތުން ލުބްނާންގެ އާންމުން ދިރިއުޅޭ ސަރަޙައްދެއް ހުސްކުރަން އަންގައިފިއެވެ.

ލު އޮރިއެންޓުން ވައްޒާނީގެ މޭޔަރު ވައްޒާނީ އަހްމަދާއި ހަވާލާދީ ރިޕޯޓްކުރި ގޮތުގައި ހަސްބަޔާ އަވަށުގައި ވައްޒާނީގައި ދިރިއުޅޭ އާންމުން އެ ސަރަޙައްދު ދޫކޮށްފައި ދިއުމަށް އިޒްރޭލުން ވަނީ ލީފްލެޓްތައް ވައްޓައިގެން އަންގާފައެވެ.

މީގެ ކުރިންވެސް އިޒްރޭލުން ވަނީ ލުބްނާންގެ ޖިއްޔޭ ސަރަޙައްދުން އާންމުން އެހެން ތަނަކަށް ބަދަލުވުމަށް އިންޒާރުދީފައެވެ. އިޒްރޭލުން މިމަހުގެ ކުރީކޮޅު އެގޮތަށް ކަންތައް ކުރީ ލުބްނާންގެ ކުރީގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު ވަލީދް ޖަމްބްލަތްއާއި ހިޒްބުﷲ އަށް ހަމަލާދިނުމުގެ ނިޔަތުގައެވެ. އެއީ އޮގަސްޓް މަހުގެ ފަހުކޮޅު ހިޒްބު ﷲ އިން މިސައިލް ރައްކާކޮށްފައިވާ ބިންގަރާހެއްގެ ވީޑިއޯއެއް އާންމުކުރި ފަހުން އިޒްރޭލުން ނިންމި ނިންމުމެއް ކަމަށް ލު އޮރިއެންޓް އިން ރިޕޯޓްކޮށްފައިވެއެވެ.

Advertisement

Advertisement 1

ލުބްނާން ރައްޔިތުންގެ މެދުގައި ލުބްނާންގެ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲ ގެ ތާއީދު އުވާލަން އިޒްރޭލު ސިފައިން ވަނީ އަޑުހަރު ކުރާ ބޭނުންކޮށްގެން ޕްރޮޕަގެންޑާ ފަތުރަންވެސް މަސައްކަތް ކޮށްފައެވެ.

އަލްޖަޒީރާ އިން ރިޕޯޓްކުރި ގޮތުގައި ލުބްނާނަށް މިހާރު އިޒްރޭލުން ދެމުންގެންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފިނަމަ، ދެ ފަރާތަށްވެސް ގެއްލުންވުމުގެ އިތުރަށް އިޒްރޭލުގެ ސިފައިންނަށްވެސް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ހިޒްބުﷲގެ ޑެޕިއުޓީ ލީޑަރު ނައީމް ގާސިމް ވިދާޅުވެފައިވެއެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލަންތްވެސް ވަނީ އިޒްރޭލުން ގައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އެއަށްފަހު ލުބްނާންގެ އުތުރުގައި އަސްކަރީ އޮޕަރޭޝަން ހިންގަން އުޅޭ ކަމަށް އޭނާ މައުލޫމާތުދީފައިވެއެވެ.

އިޒްރޭލާއި ހިޒްބުﷲ އާއި ދެމެދު ހަމަނުޖެހުން އުދެފިފައިވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް، 7 އޮކްޓޫބަރުގައި އިޒްރޭލުން ގައްޒާގައި ފެށި ހަނގުރާމައަށްފަހު ހިޒްބުﷲ އިން ވަނީ ފަލަސްތީން މިނިވަން ކުރުމަށް އިޒްރޭލާއި ހަނގުރާމަ ކުރަން ފަށާފައެވެ. އެއާއެކު، މިއަހަރު ތެރޭ އިޒްރޭލުން ވަނީ ހިޒްބުﷲ ކިބައިން ބަދަލު ހިފުމުގެ ގޮތުން ލުބްނާން އާއި އިޒްރޭލުގެ ބޯޑަރުގައި ހަމަލާ ބަދަލުކުރުންތައް ވަރުގަދަކޮށްފައެވެ.

އިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

12 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

25 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

31 ދުވަސް ކުރިން - 14:29