ހިމާލިޔާގެ ގާތްގަނޑަކަށް 5,200 މީޓަރު މަތިން ވެއްޓުނު 2000 ފޫޓު ފުޅާމިނުގެ މި ބޮޑު ގަނޑުފެންގަނޑު ވެއްޓުމުން އެރި ލޮޅުމުގެ ސަބަބުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ބިންހެލުން ބަލާ ސްޓޭޝަންތަކަށް 5.2 ގެ ބިންހެލުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފަ.
49 ދުވަސް ކުރިން - 13:11
ބުދަދުވަހު ހިނގި ބޮޑު ކާރިސާ އާއި ގުޅިގެން ބާރުގަދަ އޮޔާއި އެކު ދިޔަ ކުނިތަކާއި މަށީގެ ސަބަބުން ކޯރު ބެދި، ނޭޕާލާއި ޓިބެޓްގެ ބޯޑަރުގައި މިހާރު ވަނީ އިތުރު ފެންގަނޑެއް އުފެދިފަ. މި ފެންގަނޑު ހިފަހައްޓަން ހުރި ހުރަސް (ޑޭމް)ފަޅައިގެން ގޮސް އިތުރު ކާރިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ.
49 ދުވަސް ކުރިން - 12:49
ނޭޕާލް އާއި ޗައިނާ ގުޅޭ ބޯޑަރުގައި ފެންބޮޑުވެ 475 މީހުން މަރުވެ ގިނަ ބަޔަކު ގެއްލިފައިވަނިކޮށް، އިތުރު ކޯރެއްގައި ފެންގިނަވެ ބަންޑުންވެދާނެ ކަމުގެ އިންޒާރު ނޭޕާލުގެ އިދާރާތަކުން ދީފި.
49 ދުވަސް ކުރިން - 12:31
މި ކާރިސާގައި 1,300 އަށްވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ގެއްލުނު މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ 700 އެއްހާ ބޭރުގެ ފަތުރުވެރިން ވެސް ހިމެނޭ. ނޭޕާލްގެ ސިފައިންނާއި ރެސްކިއު ޓީމުތަކުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.
49 ދުވަސް ކުރިން - 20:14
މި ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅޭ މީހުން 150 ޔޫރޯއާއި 3,000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. އިދިކޮޅު ޕާޓީތަކުން ވަނީ މި ގާނޫނު ކުށްވެރިކޮށް، މީގެ ސަބަބުން އިސްލާމޯފޯބިއާއާއި (އިސްލާމްދީނަށް ނަފުރަތުކުރުން)، ނަސްލީ ތަފާތުކުރުންތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެފަ.
50 ދުވަސް ކުރިން - 12:23
ހާދިސާ ހިނގަން މެދުވެރިވީ ފަރުބަދަމަތީގެ ސަރަހައްދެއްގައި އޮތް ސްނޯގެ ފަރުބަދައެއް ވެއްޓި، ކޯރު ބަންޑުންވެގެން. މިކަމުގެ ސަބަބުން ކޯރުގެ ކައިރީގައިވާ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 400 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ.
50 ދުވަސް ކުރިން - 10:48
ވޭތުވެދިޔަ އަހަރު ގަތަރުން 509 ގޭސް ޝިޕްމަންޓް އެކްސްޕޯޓް ކުރި، މިއަހަރު މިހާތަނަށް ގަތަރަށް ފޮނުވިފައި ވަނީ އެންމެ 18 ޝިޕްމަންޓް. މި ކަމުގެ ސަބަބުން ގަތަރަށް ގޭސް އެކްސްޕޯޓް ކޮށްގެން ލިބޭ އާމްދަނީ އިން ގާތްގަނޑަކަށް 24 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ގެއްލިފަ.
51 ދުވަސް ކުރިން - 13:12

ރޯވި ހޮސްޕިޓަލުގެ ނާސަރީގައި. އެތަނުގަޢި 16 ތުއްތު ކުދިން ތިބި.. އޭގެ ތެރެއިން 14 ކުދިން ދުމުގެ އަސަރުކޮށްގެންނާއި ފިހިގެން މަރުވެފައިވާއިރު، ސަލާމަތް ކުރެވުނީ އެންމެ ކުއްޖެއް.
51 ދުވަސް ކުރިން - 09:54

ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންގެ ބާރުގަދަ އަސްކަރީ ޖަމާއަތެއް ކަމަށްވާ "ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައި، އެ ޖަމާއަތުގެ ހުރިހާ ހަނގުރާމަވެރިންނާއި އިދާރާތައް ސީރިއާގެ ރަސްމީ ސަރުކާރުގެ ދަށަށް.
51 ދުވަސް ކުރިން - 23:28
ކަނޑުތަކުގެ އެވްރެޖް ހޫނުމިން ވަނީ 21.1 ޑިގްރީ ސެލްސިއަސް އަށް އުފުލިފަ. މީގެ ކުރިން 1998 ވަނަ އަހަރު ދިމާވި ބާރުގަދަ އެލް ނީނިއޯ ހާދިސާގައި ވެސް ރާއްޖޭގެ ފަރުތަކުން ބޮޑު ބައެއް ވަނީ ހަލާކުވެފަ.
52 ދުވަސް ކުރިން - 14:38
އެމެރިކާއިން ހާސިލްކުރަން ބޭނުންވި މުހިންމު ބައެއް ލަނޑުދަނޑިތައް ވަނީ ނާކާމިޔާބުވެފަ. ރަމްޒީ ގޮތުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ކުރި މަސައްކަތް ވީ ނާކާމިޔާބު. މީގެ އިތުރުން، އީރާނުގެ ހަތިޔާރުގެ ރަސްމީ ރިޒާވް ހުސްވަމުންދާ ކަމަށް އެމެރިކާއިން ބުނި އިރު އީރާނުން ގެންދަނީ ބާރަށް މިސައިލްތައް އުފައްދަމުން.
52 ދުވަސް ކުރިން - 13:33
މި މީހުން ހައްޔަރުކޮށްފައި ވަނީ ސޫދާނުގެ އަސްކަރިއްޔާއަށް ތާއީދުކުރާ ޖޮއިންޓް ފޯސަސްއިން ޗާޑް އަދި ލީބިޔާ ބޯޑަރު ކައިރީގައި ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން. އެމީހުން ބޭނުންކުރި 49 ހަނގުރާމަމަތީ ވެހިކަލްވެސް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފަ.
53 ދުވަސް ކުރިން - 14:14