Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ދުނިޔެ

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

އެމެރިކާއިން ރަހީނުކޮށްފައިވާ ވެނެޒުއޭލާގެ ކުރީގެ ރައީސް މަދޫރޯގެ ފޮޓޯތަކެއް އާންމުވެއްޖެ. ނިއު ޔޯކުގެ ޖަލެއްގައި ހުންނެވި މަދޫރޯގެ ސޫރައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އޭނާގެ ޝަރީޢަތް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖޫން މަހަށް.

46 ދުވަސް ކުރިން - 15:07

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

ތުރްކިޔޭ އަށް ދަތުރުކުރަނިކޮށް މި ހާދިސާ ހިނގީ ކަނޑުގަދަވެގެން. މިހާތަނަށް 8 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު ވީނުވީއެއް ނޭނގި 23 މީހަކު ވަނީ ގެއްލިފައި. މައްސަލައިގެ ތަހުގީގަށް ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންތަކެއް ވަނީ ހައްޔަރުކޮށްފަ.

46 ދުވަސް ކުރިން - 09:01

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ބޯޑަރު ސަރަހައްދުގައި ހުންނަ ފަރުބަދަތަކުގެ ސަބަބުން ކޯރުތައް ބަންޑުންވުމުގެ ބިރު ބޮޑުވެފައިވާތީ، ނޭޕާލުން ދަނީ ޗައިނާގެ ފަރާތުން ލިބޭ ސެޓެލައިޓް އަދި ރާޑަރު މައުލޫމާތުތައް ހޯދުމަށް މަޝްވަރާ ކުރަމުން.

46 ދުވަސް ކުރިން - 08:59

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

ރިވޮލިއުޝަނަރީ ގާޑުން މައިން އަޅަނީއޭ ބުނެ ލާރަކް އަށް ދިން ހަމަލާގެ ބަދަލުގައި، އީރާނުން އުރުދުންގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ ބޭހަކަށް ވަރުގަދަ މިސައިލް ހަމަލާތަކެދީފި.

46 ދުވަސް ކުރިން - 07:21

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

މި ހާރު ވަގަށް ނަގާފައިވަނީ އާންމު ޒިޔާރަތްތެރިންގެ ގޮތުގައި މިއުޒިއަމަށް ވަތް ދެ މީހަކު، ހާރު ބަހައްޓާފައި ހުރި ބިއްލޫރި ކޭސް ހަލާކުކޮށްލުމަށްފަހުގަ. ޔޫރަޕުގެ މިއުޒިއަމްތަކުން ތާރީހީ އަގުހުރި ތަކެތި ވަގަށް ނެގުމުގެ ހާދިސާތައް އިތުރުވަމުންދާތީ، މިއުޒިއަމްތަކުގެ ސެކިއުރިޓީއާމެދު މިހާރު ވަނީ ކަންބޮޑުވުންތައް އުފެދިފަ.

47 ދުވަސް ކުރިން - 13:22

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

މި ހަމަލާގައި އެންބީސީގެ ކޮރެސްޕޮންޑެންޓް މެޓް ބްރެޑްލީގެ އަތަށް ދެފަހަރެއްގެ މަތިން ހަމަލާދީފައިވާއިރު، އޭނާއާއި ޓީމުގެ އިތުރު ތިން މެންބަރަކަށް ވަނީ ކްލިނިކަކުން ފަރުވާދީފަ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ވެސްޓް ބޭންކުން 76 ފަލަސްތީނުން ވަނީ ޝަހީދުވެފަ.

47 ދުވަސް ކުރިން - 11:13

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

ޔުކްރޭނުގެ ރަސްމީ އިދާރާތަކުން ބުނާގޮތުގައި، ރަޝިޔާއިން ވަނީ 260 އަށްވުރެ ގިނަ މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާ ދީފަ. އެއް ސަރަހައްދުން 37 މީހުން މަރުވިއިރު އޭގެތެރޭގައި މޭޔަރަކު ހިމެނޭ.

47 ދުވަސް ކުރިން - 20:36

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު ބޮޑުވެ އެމެރިކާގެ މަޝްހޫރު “ސްޕްރިޓް” އެއާލައިން މުޅިން ބަންދުކުރަން ޖެހި، އެއްދުވަސްތެރޭ 17،000 މުވައްޒަފުން ވަނީ މަގުމަތިވެފަ. އެމެރިކާގެ ވަޒީފާ ނެތް ނިސްބަތް ވަނީ 4.1 އިންސައްތައަށް މަތިވެފަ.

48 ދުވަސް ކުރިން - 23:23

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ބައިނަލްއަގުވާމީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާގައި މިހާތަނަށް 6,000 އަށްވުރެ ގިނަ މީހުންގެ ގުނަވަން ބުރިކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އުމުރުން ހަގު ކުދިން.

48 ދުވަސް ކުރިން - 22:41

600 އަހަރަށްފަހު ނޯވޭގެ ތަޚުތަށް އަންހެނަކު އައުމުގެ މަގު ފަހިވެއްޖެ

600 އަހަރަށްފަހު ނޯވޭގެ ތަޚުތަށް އަންހެނަކު އައުމުގެ މަގު ފަހިވެއްޖެ

ޔުނިވަރސިޓީ އޮފް އޮސްލޯގައި ތައުލީމު ހާސިލުކުރައްވަމުންދާ އަދި ނޯވޭގެ އަސްކަރިއްޔާގައި ތަމްރީނު ފުރިހަމަކުރައްވާފައިވާ ކްރައުން ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ ވެވަޑައިގަންނަވާނީ، 14 ވަނަ ގަރުނުގެ ފަހުން ނޯވޭގެ ތަޚުތަށް ސީދާ އިސްވެވަޑައިގަންނަވާނެ ފުރަތަމަ ރާނީއަށް.

48 ދުވަސް ކުރިން - 21:24

ނޯވޭގެ ރަސްކަން ހާކޮން އަށް ވާރުތަވެއްޖެ

ނޯވޭގެ ރަސްކަން ހާކޮން އަށް ވާރުތަވެއްޖެ

ބައްޕާފުޅު ކިންގް ހަރަލްޑް 5 ވަނަ އަވަހާރަވުމާއި ގުޅިގެން، ކިންގް ހާކޮން 8 ވަނަ ގެ ނަމުގައި ރަސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ ނޯވޭގެ ގާނޫނުއަސާސީގައިވާ ރަސްކަން ވާރުތަވުމުގެ ހަމަތަކުގެ މަތިން،

48 ދުވަސް ކުރިން - 20:35

އެނީމިއާ އަށް ފަރުވާ ކުރަނިކޮށް ހާލު ދެރަވެ ނޯވޭގެ ރަސްގެފާނު އަވަހާރަވެއްޖެ

އެނީމިއާ އަށް ފަރުވާ ކުރަނިކޮށް ހާލު ދެރަވެ ނޯވޭގެ ރަސްގެފާނު އަވަހާރަވެއްޖެ

އުމުރުފުޅުން 89 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އޮސްލޯގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް، ސިއްހީ ހާލުކޮޅު ކުއްލިއަކަށް އިތުރަށް ގޯސްވުމުގެ ސަބަބުން. ނޯވޭގެ ޝާހީ ގަޑުވަރުން ހާމަކޮށްފައިވާ ގޮތުގައި ރަސްގެފާނު އަވަހާރަވީ މިއަދު ހެނދުނު ރާއްޖެގަޑިން 9:35 ގަ.

48 ދުވަސް ކުރިން - 20:24

Previous12345Next