Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 08:59
ނޭޕާލަށް ކުރިމަތިވެގެން އުޅޭ ގުދުރަތީ ކާރިސާގައި ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ޑްރޯން ފޮޓޯއެއް / ރޮއިޓާސް.
ނޭޕާލަށް ކުރިމަތިވެގެން އުޅޭ ގުދުރަތީ ކާރިސާގައި ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ޑްރޯން ފޮޓޯއެއް / ރޮއިޓާސް.
ޚުލާސާ

ބޯޑަރު ސަރަހައްދުގައި ހުންނަ ފަރުބަދަތަކުގެ ސަބަބުން ކޯރުތައް ބަންޑުންވުމުގެ ބިރު ބޮޑުވެފައިވާތީ، ނޭޕާލުން ދަނީ ޗައިނާގެ ފަރާތުން ލިބޭ ސެޓެލައިޓް އަދި ރާޑަރު މައުލޫމާތުތައް ހޯދުމަށް މަޝްވަރާ ކުރަމުން.

މޫސުމީ ބަދަލުތަކުގެ ސަބަބުން ހިމާލަޔަން ސަރަހައްދަށް ކުރިމަތިވަމުންދާ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެ 10 މިނެޓަކުން މޫސުމީ މައުލޫމާތު ހިއްސާކޮށްދިނުމަށް ނޭޕާލުން ޗައިނާގައި އެދިއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ބޯޑަރު ސަރަހައްދުގައި ހުންނަ ފަރުބަދަތަކުގެ ސަބަބުން ކޯރުތައް ބަންޑުންވުމުގެ ބިރު ބޮޑުވެފައިވާތީ، ނޭޕާލުން ދަނީ ޗައިނާގެ ފަރާތުން ލިބޭ ސެޓެލައިޓް އަދި ރާޑަރު މައުލޫމާތުތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މިފަދަ އަވަސް އިންޒާރުދޭ ނިޒާމެއް ޤާއިމުކުރުމަށް ނޭޕާލުން ބޭނުންވަނީ، ބޯޑަރުގެ އަނެއް ފަރާތުން ޗައިނާގެ ސަރަހައްދުން އަންނަ ފެންގަނޑުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށެވެ. ކޮންމެ 10 މިނެޓަކުން މައުލޫމާތު ލިބުމަކީ، ކާރިސާއެއް ހިނގުމުގެ ކުރިން ދުރާލާ އެގައުމުގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވާތީވެ، މި މުހިންމު މަޝްވަރާތައް މިހާރު ދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ހިމާލިޔާ ފަރުބަދަމަތިން ވެއްޓުނު ބޮޑު އައިސްގަނޑެއްގެ ސަބަބުން ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ނޭޕާލުން 616 އަށްވުރެ ގިނަ މީހުންގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާއިރު، ދެ ޤައުމުން ޖުމްލަ 3,000 އެއްހާ މީހުން ވަނީ ގެއްލިފައެވެ.

Advertisement

Advertisement 1

މި ކާރިސާގައި ކޯރުތަކުގެ ފެންގަނޑު ކުއްލިއަކަށް 9 މީޓަރަށް އުފުލި، ބޯޑަރުގެ ބޮޑުބައި މުޅިން ސުންނާފަތިވެފައިވާކަން ރިޕޯޓުތަކުން ދައްކައެވެ.

ޗައިނާމޫސުންނޭޕާލްކާރިޘާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލް ކާރިސާ: ވެއްޓުނު ގަނޑުފެންގަނޑުގެ ސަބަބުން 5.2 ގެ ބިންހެލުމަކާއި އެވަރުގެ ލޮޅުމެއް އުފެދުނު!

ވެއްޓުނު ގަނޑުފެންގަނޑުގެ ސަބަބުން 5.2 ގެ ބިންހެލުމަކާއި އެވަރުގެ ލޮޅުމެއް އުފެދުނު!

2 ދުވަސް ކުރިން - 13:11

ނޭޕާލްގެ ކާރިސާ: އިތުރު ބިރެއް ކުރިމަތިވެ ރެސްކިއު މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ނޭޕާލްގެ ކާރިސާ: އިތުރު ބިރެއް ކުރިމަތިވެ ރެސްކިއު މަސައްކަތްތައް މެދުކަނޑާލައިފި

2 ދުވަސް ކުރިން - 12:49

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

2 ދުވަސް ކުރިން - 12:31

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

2 ދުވަސް ކުރިން - 11:04

ނޭޕާލްގެ ކާރިސާ: މަރުވި މީހުންގެ އަދަދު 350 އަށް އަރައިފި

ނޭޕާލްގެ ކާރިސާ: މަރުވި މީހުންގެ އަދަދު 350 އަށް އަރައިފި

3 ދުވަސް ކުރިން - 20:14

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

3 ދުވަސް ކުރިން - 20:12