އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގެ ނޭދެވޭ އަސަރު އެމެރިކާގެ އިގުތިސާދަށް އިންތިހާއަށް ކޮށް، އެގައުމުން 218،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިއްޖެ ކަމަށް އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުން އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައި ބުނެފިއެވެ.
ހަނގުރާމަ ފެށުނު ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް އައިއިރު އެމެރިކާގެ އެކި ސިނާއަތްތަކުން ވަނީ ބޮޑެތި އަދަދުތަކުން މުވައްޒަފުން މަދުކޮށްފައެވެ. މީގެ ސަބަބުން އެގައުމުގެ ވަޒީފާނެތް ނިސްބަތް ވަނީ 4.1 އިންސައްތައަށް މަތިވެފައެވެ.
އެމެރިކާގެ މަސްދަރުތަކުން ބުނާ ގޮތުގައި އެންމެ ބޮޑު ލޮޅުމެއް އަރާފައިވަނީ ރީޓެއިލް ވިޔަފާރިއާއި، އުފެއްދުންތެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެމެރިކާގެ މަޝްހޫރު “ސްޕްރިޓް” އެއާލައިން ވެސްބމުޅިން ބަންދުކުރަން ޖެހި، އެއްދުވަސްތެރޭ 17،000 މުވައްޒަފުން ވަނީ މަގުމަތިވެފައެވެ. މީގެ އިތުރުން، ތަކެތީގެ އަގުބޮޑުވެ އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމުން ޚަރަދުކުރުން މަދުވުމަކީ ވިޔަފާރިތަކަށް މުވައްޒަފުން ވަކިކުރަން މަޖުބޫރުވި މައިގަނޑު ސަބަބު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.








