Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 15:07
ވެނެންޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ، އޭނާގެ ޓެލެގުރާމް ގްރޫޕުގައި ޝާއިއުކޮށްފައިވާ ފޮޓޯއެއް/ ފޮޓޯ: ޓެލެގުރާމް/ނިކޮލަސް މަދޫރޯ
ވެނެންޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ، އޭނާގެ ޓެލެގުރާމް ގްރޫޕުގައި ޝާއިއުކޮށްފައިވާ ފޮޓޯއެއް/ ފޮޓޯ: ޓެލެގުރާމް/ނިކޮލަސް މަދޫރޯ
ޚުލާސާ

އެމެރިކާއިން ރަހީނުކޮށްފައިވާ ވެނެޒުއޭލާގެ ކުރީގެ ރައީސް މަދޫރޯގެ ފޮޓޯތަކެއް އާންމުވެއްޖެ. ނިއު ޔޯކުގެ ޖަލެއްގައި ހުންނެވި މަދޫރޯގެ ސޫރައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އޭނާގެ ޝަރީޢަތް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖޫން މަހަށް.

​އެމެރިކާގެ އަސްކަރިއްޔާއިން މި ޖަނަވަރީ މަހު ވެނެޒުއެލާގެ ކަރަކަރާސްގައި ހިންގި ޣައިރުޤާނޫނީ އޮޕަރޭޝަނެއްގައި ރަހީނުކޮށްގެން ގެންދިޔަ ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ޖަލުގެ ގޮޅީގައި ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް ޢާންމުކޮށްފިއެވެ.

​މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ހަތިޔާރު ގެންގުޅޭކަމުގެ ތުހުމަތުގައި މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް ބަންދުކޮށްފައި ތިބީ ނިއު ޔޯކުގެ ބްރޫކްލިން ޖަލުގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އުފުލާފައިވާ ތުހުމަތުތަކަށް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވެސް އިންކާރުކުރައްވައެވެ.

​މީސްމީޑިއާއާއި ޓެލެގްރާމް މެދުވެރިކޮށް އާއްމުކުރި ފޮޓޯތަކާއެކު ޝާއިއު ކުރެއްވި މެސެޖުގައި އޭނާ ވިދާޅުވީ، މިއީ އޭނާގެ ކާފަދަރިކަލުންނާއި، ވެނެޒުއޭލާގެ ކުޑަކުދިންނާއި، އެ ދެކަންބަލުން ދެކެ ލޯބިވާ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި ސާބިތުކަމާއި، މަޑުމައިތިރިކަމާއި، ހިތްވަރާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވައި، ވެނެޒުއޭލާ އަލުން އާރާސްތުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Advertisement

Advertisement 1

​އޮގަސްޓު 30 ގައި ޢާންމުކުރި ފޮޓޯތަކުން މަދޫރޯގެ ބަރުދަން ލުއިވެފައިވާކަމަށް މަސްރަހުގެ ދާރިސުން ބެނެއެވެ. މިއީ ވެނެޒުއޭލާއަށް އައި ބިންހެލުމުގެ އަނެއްދުވަސް ކަމަށްވާ ޖޫން 25 ގައި ނަގާފައިވާ ފޮޓޯތަކެއްކަން އެންގޭކަމުގައިވެސް އެމީހުން ބުނެއެވެ. މި ފޮޓޯތައް ޢާންމުކުރީ ވެނެޒުއޭލާގެ ތެޔޮވަޅުތަކުގެ ކޮންޓްރޯލް ހޯދަން އެމެރިކާއިން އެ ޤައުމުގެ ވަގުތީ ސަރުކާރާއެކު އެއްބަސްވުމެއް ހެދިތާ ދެ ދުވަސް ފަހުންނެވެ.

​ނިއު ޔޯކުގެ ޖަލުގައި ހުންނެވި މަދޫރޯއަށް އިންޓަނެޓް ބޭނުންނުކުރެވުނު ނަމަވެސް، މަހަކު 300 މިނެޓު (ކޯލަކަށް އެންމެ ގިނަވެގެން 15 މިނެޓު) ޢާއިލާއާއި ވަކީލުންނަށް ގުޅުމުގެ ފުރުޞަތު އޮވެއެވެ. ޢާންމުވި ފޮޓޯތަކުގެ ޞައްޙަކަން އެމެރިކާގެ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މަދޫރޯއާއި ފްލޮރޭސްގެ ޝަރީޢަތް ތާވަލުކޮށްފައިވަނީ ޖޫން 1، 2027 އަށެވެ.

އެމެރިކާވެނެޒުއެލާޑޮނަލްޑް ޓްރަމްޕުބޭރު ދުނިޔެމަދޫރޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

10 ގަޑިއިރު ކުރިން - 09:01

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

5 ދުވަސް ކުރިން - 23:28

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

11 ދުވަސް ކުރިން - 04:34

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

13 ދުވަސް ކުރިން - 17:37