ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންގެ އެންމެ ބޮޑު އަސްކަރީ އިއްތިޙާދު، "ސީރިއަން ޑިމޮކްރެޓިކް ފޯސަސް" (އެސް.ޑީ.އެފް) ރަސްމީކޮށް އުވާލައިފިކަން އެ ޖަމާއަތުގެ ކޮމާންޑަރު މަޒްލޫމް އަބްދީ އިއުލާން ކުރައްވައިފިއެވެ.
މި ޖަމާއަތަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި، އެމެރިކާގެ އެހީތެރިކަމާއެކު އުފެދުނު، ކުރުދީން އިސްކޮށް ތިބި ވަކި މިނިވަން އަސްކަރީ އިއްތިޙާދެކެވެ.
މި ޖަމާއަތުގެ އެންމެ ބޮޑު ބޭނުމަކީ ކުރުދީންގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އެމެރިކާ ސިފައިން އެމީހުންނަށް އެހީވީ ވެސް އައިއެސް ބަލިކުރުމަށެވެ.
އަސްކަރީ ގޮތުން އެ ޖަމާއަތް އުވާލި ނަމަވެސް، ކުރުދީންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތް ސީރިއާގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ސިޔާސީ ގޮތެއްގައި ކުރިއަށްދާނެ ކަމަށް، ކޮމާންޑަރާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.








