ހުރްމުޒް ކަނޑުއޮޅި ބަންދު ވުމާއި ގުޅިގެން، ގަތަރުން ބޭރުކުރާ ގޭސް ނުވަތަ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ޝިޕްމަންޓްތައް %96 އަށްވުރެ ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.

ވޭތުވެދިޔަ އަހަރު ގަތަރުން 509 ގޭސް ޝިޕްމަންޓް އެކްސްޕޯޓް ކުރިއެވެ. ނަމަވެސް، މިއަހަރު މިހާތަނަށް ގަތަރަށް ފޮނުވިފައި ވަނީ އެންމެ 18 ޝިޕްމަންޓެވެ. މި ކަމުގެ ސަބަބުން ގަތަރަށް ގޭސް އެކްސްޕޯޓް ކޮށްގެން ލިބޭ އާމްދަނީ އިން ގާތްގަނޑަކަށް 24 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ގެއްލިފައެވެ.

ގަތަރުގެ ގޭސް ސަޕްލައި އަށް އައި މި ބޮޑު ހީނަރުކަމާއި ގުޅިގެން، ދުނިޔޭގެ ބާޒާރުގައި އުފެދުނު ހުސްކަން ފުރުމަށް އެމެރިކާ އިން ދަނީ އެލްއެންޖީ އެކްސްޕޯޓް އިތުރުކުރަމުންނެވެ. ނަމަވެސް، ކުރިއަށް އޮތް ފިނި މޫސުމާއި ދިމާކޮށް ޔޫރަޕްގެ ގޭސް ރައްކާކުރާ މިންވަރު މި ދުވަސްވަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމުން، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އިންތިހާ އަށް އުފުލިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. ހުރްމުޒް ކަނޑުއޮޅި ގަތަރަށް ވެސް ބަންދުވާނެ ޖެހުނީ އެގައުމުގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒުން އީރާނަށް ހަމަލާ ދިނުމަށް ގަތަރު ސަރުކާރުން ހުއްދަ ދިނުމުގެ ސަބަބުންނެވެ.