Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް އަދިވެސް ކުރިއަށްދޭ: ޤަޠަރު

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 20 އޮކްޓޫބަރު 2026 16:18
ޤަތަރު މެދުވެރިކޮށް އީރާނާއި އެމެރިކާ އާއި ދެމެދު ޞުލްޙަ ކުރުމަށް ދަނީ މަޝްވަރާ ކުރަމުން.
ޤަތަރު މެދުވެރިކޮށް އީރާނާއި އެމެރިކާ އާއި ދެމެދު ޞުލްޙަ ކުރުމަށް ދަނީ މަޝްވަރާ ކުރަމުން.
ޚުލާސާ

އެމެރިކާ އާއި އީރާނާއި ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތައް ކުޑަކޮށް، މަޝްވަރާގެ މޭޒަށް ވާހަކަތައް ގެނައުމަށް ޓަކައި ޤަޠަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައި.

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ޤަޠަރު މެދުވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތައް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ޤަޠަރުގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޤަޠަރުގެ އޮފިޝަލުން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތައް ކުޑަކޮށް، މަޝްވަރާގެ މޭޒަށް ވާހަކަތައް ގެނައުމަށްޓަކައި ޤަޠަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މިހާރުވެސް މި ވާހަކަތައް ދަނީ ހެޔޮ މިސްރާބަކަށް ކުރިއަށް ކަމަށް އެ ޤައުމުން ބުނެއެވެ.

މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ޙައްލުނުވެ ގިނަ ދުވަސްތަކެއް ވެފައިވާ ސިޔާސީ އަދި ޑިޕްލޮމެޓިކް މައްސަލަތަކަށް، ޚާއްޞަކޮށް ޤައިދީން ބަދަލުކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމެވެ.

Advertisement

Advertisement 1

ޤަޠަރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ އެކި މައްސަލަތަކުގައި އިސްނަގައިގެން، ޞުލްޙަވެރި ޙައްލުތައް ހޯދައިދިނުމުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ. މީގެ ކުރިންވެސް އެމެރިކާއާއި އެހެނިހެން ފަރާތްތަކުގެ މެދުގައި އުފެދުނު މައްސަލަތަކުގައި ޤަޠަރުން ވަނީ ކާމިޔާބު މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.

މި މަޝްވަރާތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރެވޭއިރު، ދެ ޤައުމުންވެސް މި މަޝްވަރާތަކާމެދު އިތުރު ތަފްޞީލުތައް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ގަތަރުމެދުއިރުމަތިއީރާން - އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމެރިކާއިން އިރާނަށް ބޮންއަޅައިފި ނަމަ ދުނިޔެއަށް ހަކަތައިގެ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ!

އެމެރިކާއިން އިރާނަށް ބޮންއަޅައިފި ނަމަ ދުނިޔެއަށް ހަކަތައިގެ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ!

1 ގަޑިއިރު ކުރިން - 16:49

ސޫރިޔާގެ ހަމަޖެހުން ނަގާލައި ސަރަޙައްދީ ހަނގުރާމައެއް ކުރުމަށް އިޒުރޭލުން މަސައްކަތް ކުރަނީ

5 ގަޑިއިރު ކުރިން - 12:48

ކިންގް ފަހްދު އިންޓަރނޭޝަނަލް އެއާޕޯޓްގެ ފަތުރުފަތުރަށް ބުރޫ އަރައިފި

ކިންގް ފަހްދު އިންޓަރނޭޝަނަލް އެއާޕޯޓްގެ ފަތުރުފަތުރަށް ބުރޫ އަރައިފި

7 ގަޑިއިރު ކުރިން - 10:44

ޙޫޘީން ޔަމަނު ލަޝްކަރުގެ 3 ފަރާތުން ހަތިޔާރާއެކު ވަށާލައިފި

ޙޫޘީން ޔަމަނު ލަޝްކަރުގެ 3 ފަރާތުން ހަތިޔާރާއެކު ވަށާލައިފި

1 ދުވަސް ކުރިން - 14:18

ޙޫޘީންގެ ކިއްލާއަށް ކޯލިޝަން ސިފައިން ވަދެއްޖެ

ޙޫޘީންގެ ކިއްލާއަށް ކޯލިޝަން ސިފައިން ވަދެއްޖެ

1 ދުވަސް ކުރިން - 09:23

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި

2 ދުވަސް ކުރިން - 18:30