ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގެ އުސް ފަރުބަދަތަކުން ގަނޑުފެނާ ބިންގަނޑު ކަނޑައިގެންގޮސް ހިންގި ނުރައްކާތެރި ހާދިސާއަށްފަހު، އެ ސަރަހައްދުގައި އަލަށް އިތުރަށް އުފެދިފައިވާ ކޯރު ބަނޑުންވެދާނެކަމުގެ ބިރު އެބަ އޮތްކަމުގަައި އެ ގައުމުގެ ކަމާ ބެހޭ އިދާރާތްތަކުން ވިދާޅުވެއްޖެއެވެ.
އަލަށް އުފެދިފައިވާ ކޯރު އޮންނަނީ އުސް ސަރަހައްދެގައި ކަމަށްވާއިރު، އިއްޔެ ހެނދުނާ ހަމައަށް އެ ކޯރުގައި 2 މިލިއަން ކިއުބިކް މީޓަރުގެ ފެން އެފެދިފައިވާކަަމަށް އެގައުމުގެ އިދާރާއިން ހާމަކުރިއެވެ. އަދި، ކުރިއަށް އޮތް ދުވަސްވަރު ވާރޭ ވެހޭ މިންވަރު މަދު ނުވެއްޖެނަމަ، އިތުރު 3 މިލިއަން ކިއުބިކް މީޓަރުގެ ފެން ކޯރަށް އެޅި ބަނޑުން ވެދާނެ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޭޕާލް ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގެ އުސް ސަރަހައްދެއްގައި އޮންނަ ކޯރެއް ބަނޑުންވެ، ފެންގަނޑު އާއްމުން ދިރިއުޅޭ ސަރަހައްދަށް ދިއުމުގެ ސަބަބުން އެތައް ގެއްލުތަކެއް ލިބި، މިހާތަނަށް 475 މީހުން މަަރުވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން ވަނީ ވީނުވިއެއް ނޭންގި ގެއްލިފައެވެ.








