އެމެރިކާގައި މަރުވާ ކޮންމެ 100 މީހުންގެ ތެރެއިން 25 މީހުންނަކީ އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މީހުން.
427 ދުވަސް ކުރިން - 14:16
ޣައްޒާ ހަނގުރާމަ ފެށި ފަހުން ގާތްގަނޑަކަށް އިސްރާއީލުގެ 80،000 ސިފައިންނަށް ފަރުވާ ބޭނުންވެފައިވާއިރު، 26،000 ސިފައިން ވަނީ ޞިއްޙީ މައްސަލަތަކެއް ހުރެގެން އެޑްމިޓްކޮށްފަ.
427 ދުވަސް ކުރިން - 11:26
ޣައްޒާ ގައި ބޮޑު ލޭއޮހޮރުވުމަކަށް އިސްރާއީލު ސަރުކާރުން ޕްލޭން ކޮށްފައި ވަނިކޮށް 10000 އަށްވުރެ ގިނަ ސިފައިން އެކަމާއި ދެކޮޅު ހަދައި އެއްބަޔަކު މުޒާހަރާތަކާއި ގުޅިއްޖެ.
428 ދުވަސް ކުރިން - 09:08
މިހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ޙަމްދަރުދީ ފާޅުކުރައްވަމުން، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް، ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފައި.
429 ދުވަސް ކުރިން - 12:18
ޔަމަނުގެ ހޫޘީ މުޖާހިދުން ފޮނުވައިލި މިސައިލަކުން އިސްރާއީލްގެ 18 މީހުން ޒަޚަމްވެއްޖެ. އިސްރާއީލުގެ ދިފާއީ އައްޑަނަތަކަށް މި މިސައިލް ހުއްޓުވައެއް ނުލެވުނު. މިސައިލަށް ކިޔަނީ ފަލަސްޠީން-2
429 ދުވަސް ކުރިން - 09:27
މިލިއަނަކަށް ވުރެ ގިނަ އިސްރާއީލް ޔަހޫދީން ނުކުމެ އިއްޔެއިންފެށިގެން ނުނިދައި ހޭލާތިބެ މުޒާހަރާކުރާތީ އިސްރާއީލު އޮތީ ހައި އެލާޓްގައި، ހަޅުތާލު އަދިވެސް ކުރިއަށް. ޤައުމު އޮތީ ހުއްޓިފަ.
429 ދުވަސް ކުރިން - 08:40
ޣައްޒާ ހަނގުރާމައިގައި މީޑިއާގެ ކުރިމަތީގައި އިސްރާއީލް ބަލިވެއްޖެކަމަށާއި، މީޑިއާއިން އިސްރާއީލްގެ އަގު ވައްޓާލައިފި ކަމަށް މުޖުރިމ،ު ނަތަންޔާހޫ ބުނެފި. ޤަތުލުޢާންމެއް ހިންގާކަމަށް އިންކާރުކުރަމުން ބުނީ ހަނގުރާމަ ނުހުއްޓާނަމޭ.
431 ދުވަސް ކުރިން - 15:41
ޓްރަމްޕުގެ ދައުވަތަކަށް ޕޫޓިން އަލަސްކާއަށް ގޮސް މަޝްވަރާކޮށް، ހަނގުރާމަ ހުއްޓާނުލައިފިނަމަ ރަޝިއާއަށް އިތުރު އުނދަގޫތައް ވާނެނެކަމަށް ޓްރަމް އިންޒާރު ދިނުމުން ވެސް މަޝްވަރާ ކޮޅެއްގައި ނުޖެހުނު.
431 ދުވަސް ކުރިން - 12:47
ސްޕެއިން، ފްރާންސް، ގްރީސް އަދި އަލްބޭނިއާގެ ޖަންގަލިތަކުގެ އެކި ހިސާބުތަކުގައި ރޯވެ 13 މީހުން މަރުވެ 225 މީހުން ޒަޚަމްވެއްޖެ.
431 ދުވަސް ކުރިން - 02:55
ޣައްޒާގެ ރައްޔިތުން ގަދަކަމުން އެ ބިމުން ބާލައި ސޫދާނަށް ގެންދިއުމަށް ނަތަންޔާހޫ ސޫދާން ސަރުކާރާ އެކު މަޝްވަރާ ކޮށްފި ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފި.
433 ދުވަސް ކުރިން - 19:22
ރޮނާލްޑޯގެ ހުރިހާ ދަރިންވެސް ތަރުބިއްޔަތު ކުރަނީ ހޯމަ ދުވަހު އެންގޭޖްވި 9 އަހަރުގެ ލޯބިވެރިޔާ ޖޯޖިނާއާއެކު ކަމަށް ވާއިރު، އެދެމީހުން ކައިވެނިކުރާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވޭ.
434 ދުވަސް ކުރިން - 20:27
ކާނާ ނުލިބުމުން ޣައްޒާގެ ޑޮކްޓަރުންގެ ބަރުދަން ލުއިވެ، ގައިން ވަރުދޫވުމުގެ ސަބަބުން އޮޕަރޭޝަން ތިއޭޓަރުތަކުގައި ވެސް ޑޮކްޓަރުން އަމިއްލަ ގަޔަށް އައިވީ ފުޅި ގުޅައިގެން މަސައްކަތްކުރަން ޖެހިއްޖެ.
434 ދުވަސް ކުރިން - 17:34