އިސްރާއީލުގެ އެތައް ހާސް ސިފައިން ޤަތުލުޢާންމާއި ދެކޮޅަށް ތެދުވެއްޖެ

ޢަބްދުﷲ ޖުނައިދު | 17 ދުވަސް ކުރިން - 19 އޯގަސްޓް 2025 09:08
ކުއްލި ޚަބަރު: އިސްރާއީލުގެ އެތައް ހާސް ސިފައިން ޤަތުލުޢާންމާއި ދެކޮޅަށް ތެދުވެއްޖެ
ކުއްލި ޚަބަރު: އިސްރާއީލުގެ އެތައް ހާސް ސިފައިން ޤަތުލުޢާންމާއި ދެކޮޅަށް ތެދުވެއްޖެ
ޚުލާސާ

ޣައްޒާ ގައި ބޮޑު ލޭއޮހޮރުވުމަކަށް އިސްރާއީލު ސަރުކާރުން ޕްލޭން ކޮށްފައި ވަނިކޮށް 10000 އަށްވުރެ ގިނަ ސިފައިން އެކަމާއި ދެކޮޅު ހަދައި އެއްބަޔަކު މުޒާހަރާތަކާއި ގުޅިއްޖެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ގަދަކަމުން އެ ބިމުން ނެރެލުމަށް ހިންގާ ޤަތުލުޢާންމާއި އެތައް ހާސް ސިފައިން ދެކޮޅުހަދައިފިއެވެ.

ދެންމެ އިސްރާއީލުގެ އާމީ ރޭޑިއޯއިން ބުނީ ޣައްޒާ ގައި ޙަރަކާތްތެރިވާ ސިފައިން ޗުއްޓީއެއް ނެތި މަސައްކަތްކުރާތާ ދެއަހަރާއި ކައިރިކުރާއިރު ވަރަށް ބުރަކަށް ޤައުމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 10,000 އާއި 12,000 އާއި ދެމެދުގެ އަދަދަކަށް ސިފައިން ވަނީ ޗުއްޓީއަކަށް އެދިފަ އެވެ.

އާމީ ރޭޑިއޯއިން، މި ސިފައިން ޤަތުލުޢާންމާއި ދެކޮޅު ހެދުމުގެ ގޮތުން ޑިއުޓީއަށް ނުކުތުމަށް އިންކާރުކުރާ ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގައި މެދުނުކެނޑި ކުރިޔަށްދާ މުޒާހަރާތަކުގައި ބުނާ ގޮތުން 10000 އަށްވުރެ ގިނަ ސިފައިން ވަނީ ޤަތުލުޢާންމާއި ދެކޮޅަށް މުޒާހަރާއާއި ގުޅިފައެވެ.

ޣައްޒާ ހަނގުރާމައިގައި ބައިވެރިވުމަށް އިސްރާއީލުގެ އެތައް ހާސް ސިފައިންނެއް ދެކޮޅު ހަދަމުންދާއިރު، އެ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ ނަތަންޔާހޫގެ ފަރާތުން އަންނަ އަމުރުތަކަށް ފާޅުގައި ދެކޮޅު ހަދަން ފަށާފަ އެވެ. އެ މީހުން ނަތަންޔާހޫގެ ޑިފެންސް މިނިސްޓަރު ކަޓްޒްގެ އަމުރުތަކަށް ދެކޮޅުހަދަން ފެށީ ޣައްޒާ ގައި ވަރަށް ބޮޑު ލޭއޮހޮރުވުމަކަށް އައިޑީއެފުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ހަނގުރާމަ އާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް ކުރިމަތިވެފައިވާއިރު، އިސްރާއީލުގެ އެތެރޭގައި ހިންގާ މުޒާހަރާތައް އަދިވެސް ހުއްޓާނުލައި ދަނީ ކުރިޔަށެވެ. މިލިއަނެއްހާ މީހުން ދަނީ ނަތަންޔާހޫ ވެރިކަމުން އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

7 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަހުމަދު މުޙައްމަދު

17 ދުވަސް ކުރިން - 09:48

ތީހައްތާވެސް އަނބުރާގޭސް. ނަތަން ޔާހޫގެ ނިއްމުމާ އެއްގޮތަށް އެކަންކުރިއަށްދާނެ. ހުޅަގާއި އަދިބޮޱެތި ބާރުތަކުން ދައްކަނީމުޅިންވެސް ފޭކުވާހަކަތަކެއް.