ޕާކިސްތާނުގެ ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 18 އޯގަސްޓް 2025 12:18
ރައްޖެ- ޕާކިސްތާން
ރައްޖެ- ޕާކިސްތާން
ޚުލާސާ

މިހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ޙަމްދަރުދީ ފާޅުކުރައްވަމުން، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް، ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފައި.

ޕާކިސްތާނަށް ބޯކޮށް ވާރެވެހި، އެ ގައުމުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ތައުޒިޔާ ފޮނުވައިފި އެވެ. އެ މަނިކުފާނު މި ތަޢުޒިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީ ފާޅުކުރައްވަމުން، އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ މަނިކުފާނު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ޕާކިސްތާނަށް މި ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި، ދިވެހިރާއްޖެ ވަނީ އެ ގައުމުގެ ސަރުކާރާއި، އެ ގައުމުގެ އުހުވަތްތެރި ރައްޔިތުންނާ އެކުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%