އެމެރިކާގެ 49 ހިސާބެއްގައި ރޯވެ އަނދަމުން ދާއިރު މި ވަގުގު އެންމެ ބޮޑަށް އަނދަމުން ދަނީ ކެލިފޯނިއާ އާއި ކޮލޮރާޑޯ އަދި ފްލޮރިޑާ.
423 ދުވަސް ކުރިން - 09:51
ޗައިނާގެ ރޭލްވޭ ބްރިޖެއް ވެއްޓި 12 މީހުން މަރުވެ، ހަތަރު މީހުން ގެއްލިއްޖެ.
424 ދުވަސް ކުރިން - 19:38
ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤައިމްވިޔަ ނުދޭނެ ކަމަށާއި ހުޅަނގު އައްސޭރީގައި 3500 ހައުސިން ޔުނިޓް އަޅާނެ ކަމަށް އިސްރާއީލުން ބުނެފި.
424 ދުވަސް ކުރިން - 13:28
ކާނާ ފޯރުކޮށްދީ އަވަސް ފިޔަވަޅު ނާޅައިފި ނަމަ ބަނޑަށްޖެހުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ 641,000 މީހުންގެ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށް އައިޕީސީން ބުނެފި.
424 ދުވަސް ކުރިން - 07:53
ރަޝިއާ އާއި ހަނގުރާމަ ކުރުމަށް ޔޫރަޕުން ތިރީހަކަށްހާސް ސިފައިންގެ ލަޝްކަރެއް ޔުކްރޭނަށް ގެންދަން މަޝްވަރާ ކުރާތީވެ، ރަޝިއާ އާއި ބެލަރޫސް ގުޅިގެން ތަމްރީނުތައް ކުރިޔަށް ގެންދަން ނިންމައިފި.
424 ދުވަސް ކުރިން - 01:42
މިއީ ސްރީ ލަންކާގެ ތާރީޚުގައި ދައުލަތުގެ މަތީ ވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅަކު ހައްޔަރު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ސްރީލައން ކާގެ ރިޕޯޓް ތަކުން ހާމަވޭ.
425 ދުވަސް ކުރިން - 23:45
ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފި.
425 ދުވަސް ކުރިން - 13:58
އިއްޔެ ލުބުނާނުގެ ސަރުކާރުން، ފަލަސްޠީނުގެ މަހުމޫދު ޢައްބާސްގެ މަޝްވަރާއާއެކު ނައްތާލަން އެއްބަސްވި ހަތިޔާރުތައް އަތުލައިފި. ޙިޒްބުاللهއިން ބުނީ އެމީހުންގެ އެއްވެސް ހަތިޔާރެއް ލުބުނާނު ސަރުކާރާއި ޙަވާލު ނުކުރާނެކަމަށް.
425 ދުވަސް ކުރިން - 13:49
އައިސީސީގައި އިސްރާއީލާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން އެމެރިކާއިން ވަނީ ކެނެޑާ، ފްރާންސް، ފިޖީ، ސެނެގާލް، ޔުގަންޑާ، ޕެރޫ، ބެނިން، އަދި ސްލޮވޭނިއާގެ ފަނޑިޔާރުންނާއި ޕީޖީންނަށް ދަތިކުރުމުގެފިޔަވަޅު އަޅާފަ.
425 ދުވަސް ކުރިން - 11:37
އިސްރާއީލުން މިވަގުތު ދަނީ ޖަބަލިޔާގެ ގެތަކަށް ބޮން އަޅަމުން. “ފޭސް1” ގެ ނަމުގައި މިހާރު ހިންގަމުންދާ ޖަރީމާގައި 66 މީހުން ޝަހީދުވެ 185 މީހުން ޒަޚަމް ވެއްޖެ.
426 ދުވަސް ކުރިން - 14:32
60000 ސިފައިންނާއި އެކު އިސްރާއީލުން ފެށި ފޭސް1 ގައި ރޭ ޣައްޒާ އަށް ދިން ޙަމަލާ ތަކުގައި މަދުވެގެން 25 މީހުން ޝަހީދުވި.
426 ދުވަސް ކުރިން - 09:07
އީރާނުން ޑީޕޯޓްކޮށްލި އަފްޣާނިސްތާނުގެ ރެފިއުޖީން ދަތުރުކުރި ބަސް އެކްސިޑެންޓްވެ އަލިފާން ރޯވުމުގެ ސަބަބުން 79 މީހުން މަރުވެއްޖެ. މީގެތެރޭގައި 19 ކުޑަކުދިން ވެސް ހިމެނޭ.
426 ދުވަސް ކުރިން - 01:01