ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 58 ދުވަސް ކުރިން - 22 އޯގަސްޓް 2025 13:58
ކުއްލި ޚަބަރު: ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި
ކުއްލި ޚަބަރު: ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި
ޚުލާސާ

ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފި.

ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފިއެވެ.

ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ރަނިލް އޭނާގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނުގެ މައްސަލަ ތަކާއި ގުޅިގެންނެވެ.

މިއީ ފަހުގެ ތާރީޚެއްގައި ލަންކާގެ ކުރީގެ ރައީސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ވިކްރަމަސިންހަގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގައި 16.9 މިލިއަން ރުޕީސް (45000 ޑޮލަރު)ގެ ޚިޔާނާތެއް ހިންގާފައި ވުމެވެ.

އެ ދަތުރުފުޅުގައި އޭނާގެ އަންހެނުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަ ވަނީ ލަންޑަނުގެ ޔުނިވާސިޓީގައި ބޮޑު ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތަށް ޚަރަދުކުރީ ލަންކާގެ ދައުލަތުން ރަނިލް ކަމަށް ތުހުމަތު ކުރެއެވެ. ނަމަވެސް ރަނިލް ވިދާޅުވީ އެ ހުރިހާ ޚަރަދެއް ކޮށްފައި ވަނީ އޭނާގެ އަނބިކަނބަލުންގެ އަމިއްލަ ފައިސާއިން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%