Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލާއި ދެކޮޅުވުމުން 8 ޤައުމަކަށް އެމެރިކާއިން ދަތިކުރަނީ

އިސްރާއީލާއި ދެކޮޅުވުމުން 8 ޤައުމަކަށް އެމެރިކާއިން ދަތިކުރަނީ

ހުސައިން އިސްމާއިލް
373 ދުވަސް ކުރިން - 22 އޯގަސްޓް 2025 11:37
އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމަޕް: އޭނާ ވިދާޅުވީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ނުކުރާ ކަމަށް / ފޮޓޯ: އޭޕީ
އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމަޕް: އޭނާ ވިދާޅުވީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ނުކުރާ ކަމަށް / ފޮޓޯ: އޭޕީ
ޚުލާސާ

އައިސީސީގައި އިސްރާއީލާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން އެމެރިކާއިން ވަނީ ކެނެޑާ، ފްރާންސް، ފިޖީ، ސެނެގާލް، ޔުގަންޑާ، ޕެރޫ، ބެނިން، އަދި ސްލޮވޭނިއާގެ ފަނޑިޔާރުންނާއި ޕީޖީންނަށް ދަތިކުރުމުގެފިޔަވަޅު އަޅާފަ.

ޣައްޒާ މުސްލިމުންގެ ޤާތިލް ޒަޔަނިސްޓް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ނެރުމާއި ގުޅިގެން އަށް ޤައުމެއްގެ އޮފިޝަލުންނަށް އަމާޒުކޮށްގެން އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި މި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން މިހަތަނަށް ނިންމާފައި ވަނީ ކެނެޑާ، ފްރާންސް، ފިޖީ، ސެނެގާލް، ޔޫގަންޑާ، ޕެރޫ، ބެނިން، އަދި ސްލޮވޭނިއާގެ ފަނޑިޔާރުންނާއި ޕީޖީންނަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ކެނެޑާގެ ފަނޑިޔާރު ކިމްބަރލީ ޕްރޮސްޓް، ފްރާންސްގެ ފަނޑިޔާރު ނިކޮލަސް ގިލޫ، ފިޖީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ނަޒްހަތު ޝަމީމް ޚާން އަދި ސެނެގާލްގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު މާމޭ މަންޑިއޭ ނިއަންގް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން އިއުލާންކޮށްފައެވެ.

Advertisement

Advertisement 1

މީގެ ކުރިން ޔޫގަންޑާ، ޕެރޫ، ބެނިން، އަދި ސްލޮވޭނިއާގެ ހަތަރު ފަނޑިޔާރަކު ވެސް ވަނީ އައިސީސީގެ ތަޙްޤީޤު ތަކުގައި ނަތަންޔާހޫ ނަސްލު ނައްތައިލުމަށް ކުރި މަސައްކަތްތަކާއި ދެކޮޅަށް ބަޔާން ހުށަހެޅުމުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޣައްޒާގެ ކުޑަކުދިން ދިރިތިއްބައި އެކުދިން އަންދާލައި ގުނަވަންތައް ބުރިބުރިކޮށް އަދި މުޅި ނަސްލު ނައްތާލުމަށް ޔަހޫދީ ޒައެނިސްޓު ވެރިޔާ ކުރާ މަސައްކަތްތަކާއި ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި މައްސަލަ ހުށަހެޅުމުން އެމެރިކާ ރުޅި އަންނަނީ އެ ކަމުގެ ސަބަބުން އެމެރިކާގެ ސަލާމަތަށް ބުރޫ އަރާނެ ކަމަށް ބުނެއެވެ.

ޣައްޒާ މައްސަލައިގައި ނަތަންޔާހޫ އައިސީސީ އަށް ޙާޒިރުކޮށް އޭނާ އަށް ޖަލު ޙުކުމް އިއްވައިފި ނަމަ އެމެރިކާގެ ސަރުކާރުގެ އިސް ވެރިންނާއި ދެކޮޅަށް ވެސް އެ ފަދަ ޙުކުމެއް އައުމުގެ ފުރުޞަތު އެބަ އޮތެވެ. ސަބަބަކީ ޣައްޒާ ޤަތުލުޢާންމުގެ ލޭ އެމެރިކާގެ ވެރިކަމުގެ މަތީފަޑީގައި ތިބި މީހުންގެ “އަތުގައި ހޭކިފައިވާތީ"އެވެ.

އެމެރިކާނަތަންޔާހޫއިސްރާއީލްފްރާންސްކެނެޑާޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

15 ގަޑިއިރު ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36