ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޗިންހައި ޕްރޮވިންސްގައި ހަދަމުންދާ ރޭލު ބްރިޖެއްގެ ބައެއް ވެއްޓި 12 މީހުން މަރުވެ ހަތަރު މީހަކު ގެއްލިއްޖެ އެވެ.
ޚަބަރުތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެ ބްރިޖުގެ ދަގަނޑު އާކުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރު އެ އާކުގެ ވެއްޓުނު ބައިގެ މަސައްކަތުގައި 16 މީހުން ތިއްބެވެ.
ޗައިނާއިން ބުނާ ގޮތުގައި މީހުން ސަލާމަތް ކުރުމަށް ކޯރާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދު ބަލައިފާސްކުރަމުން ދާއިރު އެ މަސައްކަތުގައި 800 އަށް ވުރެ ގިނަ މީހުންނާއި 90 އުޅަނދާއި ޑްރޯންތަކާއި އަދި ރޮބޮޓްތައް ވެސް ބޭނުންކުރަން ވަނީ ފަށާފަ އެވެ.
ސިޗުއާން-ކިންގްހައި ރޭލްވޭގެ ބައެއް ކަމަށްވާ މި ބްރިޖް ގާތްގަނޑަކަށް 1.6 ކިލޯމީޓަރު ދިގެވެ، އުސްމިނަށް ބަލާއިރު ކޯރުގެ 55 މީޓަރު މައްޗަށް އަރައެވެ.