Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫރަޕުން ޔުކްރޭނަށް ލަޝްކަރެއް އެއްކުރާތީ ރަޝިއާ އާއި ބެލަރޫސް ތައްޔާރުވަނީ

ޔޫރަޕުން ޔުކްރޭނަށް ލަޝްކަރެއް އެއްކުރާތީ ރަޝިއާ އާއި ބެލަރޫސް ތައްޔާރުވަނީ

ހުސައިން އިސްމާއިލް
382 ދުވަސް ކުރިން - 23 އޯގަސްޓް 2025 01:42
ރަޝިއާއިން ޒަޕަޑް 2021 ޑްރިލް އަށް ތައްޔާރުވަނީ / ފޮޓޯ: ރޮއިޓާސް
ރަޝިއާއިން ޒަޕަޑް 2021 ޑްރިލް އަށް ތައްޔާރުވަނީ / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ރަޝިއާ އާއި ހަނގުރާމަ ކުރުމަށް ޔޫރަޕުން ތިރީހަކަށްހާސް ސިފައިންގެ ލަޝްކަރެއް ޔުކްރޭނަށް ގެންދަން މަޝްވަރާ ކުރާތީވެ، ރަޝިއާ އާއި ބެލަރޫސް ގުޅިގެން ތަމްރީނުތައް ކުރިޔަށް ގެންދަން ނިންމައިފި.

ޔޫރަޕުން ޔުކްރޭނަށް ލަޝްކަރެއް އެއްކުރާތީ ރަޝިއާއިން ދުރާލާ ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން އަންނަ މަހުގެ 12 އިން 16 އަށް ރަޝިއާ އާއި ބެލަރޫސް ގުޅިގެން ޒަޕަޑް2025 ގެ ނަމުގައި ޔުކްރޭނުގެ ކައިރީގައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ޒަޕަޑް އަކީ މޮސްކޯ އާއި މިންސްކްގެ އެންމެ ބޮޑު އަސްކަރީ ފަރިތަކުރުމަށް ކިޔާ ނަމެކެވެ. މިންސްކް އަކީ ބެލަތޫސްގެ ވެރިރަށެވެ. ޒަޕަޑް އަކީ އަނެއްހެން ބުނާނަމަ ރަޝިއާ އަށް ހުޅަނގުން ކުރިމަތިވާ ނުރައްކާތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރު ވުމުގެ ގޮތުން ހިންގާ ޑްރިލް އަށް ކިޔާ ނަމެކެވެ. 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިއާ އިން ޔޫކްރޭނަށް އަރައިގަތީވެސް ޒަޕަޑް-2021 ގެ ނަމުގައި ބޭއްވި ޑްރިލްގެ ތެރެއިންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި ރަޝިއާ އާއި ބެލަރޫސް ގުޅިގެން ޒަޕަޑް 2025 ގެ އަސްކަރީ ތަމްރީނަށް ބެލަރޫސް އިން ތައްޔާރު ވަމުން ދާތީވެ ޔޫކްރޭން މިހާރު އޮތީ ހައި އެލާޓްގައެވެ.

Advertisement

Advertisement 1

ރިޕޯޓުތައް ބުނާ ގޮތުގައި މި ވަގުތު ޔުކްރޭނުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ރަސްމީ ސިފައިންނެއް ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ނުދިޔަ ކަމުގައި ވިޔަސް އިވޭ އަޑުތަކަށް ބަލާއިރު ޔޫރަޕުން ތައްޔާރުވަމުން ދަނީ ޔުކްރޭނަށް 25،000–30،000 އާއި ހަމައަށް އީޔޫގެ ސިފައިން ގެންދިޔުމަށެވެ. ބްރަސެލްސްގައި މިހާރު ދަނީ އެ މަޝްވަރަތައް ކުރަމުންނެވެ. އެ މީހުން ޔުކްރޭނުގައި ތިބޭނީ ޞުލްޙަ ބެލެހެއްޓުމުގެ ނަމުގައެވެ. އީޔޫގެ ބޭނުމަކީ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ޔުކްރޭނު ދިޔަ ނުދިނުމަށެވެ.

ޔުކްރޭނަކީ ރަޝިއާ އަށް ވެސް އަދި ހުޅަނގަށް ވެސް ސަލާމަތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވަރަށް މުހިއްމު ޤައުމެއް.

ރަޝިއާ އިން ޔޫކްރޭނަށް އަރައިގަތީވެސް ނޭޓޯއަށް ޔުކްރޭނު ވެއްދުމަށް ހުޅަނގުން މަސައްކަތް ފެށުމާއި އެކުގައެވެ. އެ ހަނގުރާމަ ފެށި ފަހުން މިހާތަނަށް އީޔޫ އިން އެކަނި ވެސް ރަޝިއާ ބަލިކުރުމަށް ޔުކްރޭނަށް ގާތްގަނޑަކަށް 168.9 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 180 ބިލިއަން ޑޮލަރު) ދީފައި ވެއެވެ.

އީޔޫއަށް ޔުކްރޭނަކީ ސަލާމަތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް މުހިންމު ޤައުމެކެވެ. އެހެނީ ޔޫރަޕާއި ރަޝިއާގެ ބަފަރު ޒޯނެއްގެ ގޮތުގައި ޔުކްރޭނު އޮތުމާއި ގޮވާމާއި ކާޑުގެ ބާވަތްތަކާއި މަޢުދަން ފަދަ ތަކެތި ޔޫރަޕަށް ހޯދުމުގައި ޔުކްރޭނަކީ އެ މީހުންނަށް މުހިންމު ބައިވެރިއެކެވެ.

ރަޝިއާގެ ބާރު ޔުކްރޭނުގައި ހިނގާނަމަ ޔޫރަޕްގެ ބޯޑަރު ކައިރީގައި ރަޝިއާގެ ނުފޫޒު ގަދަވެ އެ ކަމުގެ ނުރައްކާ ހުޅަނގުން ތަޙައްމަލު ކުރަން ޖެހިދާނެ ކަމަށް އެ މީހުން ޤަބޫލު ކުރެއެވެ.

ރަޝިއާ - ޔުކްރޭންރަޝިއާއީޔޫބެލަރޫސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ގަޑިއިރު ކުރިން - 13:34

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

10 ދުވަސް ކުރިން - 20:36