Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުން ނުކުމެ ހަޅުތާލު ކުރާތީ އިސްރާއީލް ހުއްޓުމަކަށް އައިސްފި

ރައްޔިތުން ނުކުމެ ހަޅުތާލު ކުރާތީ އިސްރާއީލް ހުއްޓުމަކަށް އައިސްފި

ޢަބްދުﷲ ޖުނައިދު
387 ދުވަސް ކުރިން - 18 އޯގަސްޓް 2025 08:40
ރޭ ދަންވަރު އިސްރާއީލުގެ މަގުތަކުގައި މުޒާހަރާ ކުރަނީ: ނަތަންޔޙޫ އާއި ދެކޮޅަށް އިއްޔެ ފެށި މުޒާހަރާ މިއަދު ހެނދުނު ވީއިރުވެސް ދަނީ ކުރިޔަށް.
ރޭ ދަންވަރު އިސްރާއީލުގެ މަގުތަކުގައި މުޒާހަރާ ކުރަނީ: ނަތަންޔޙޫ އާއި ދެކޮޅަށް އިއްޔެ ފެށި މުޒާހަރާ މިއަދު ހެނދުނު ވީއިރުވެސް ދަނީ ކުރިޔަށް.
ޚުލާސާ

މިލިއަނަކަށް ވުރެ ގިނަ އިސްރާއީލް ޔަހޫދީން ނުކުމެ އިއްޔެއިންފެށިގެން ނުނިދައި ހޭލާތިބެ މުޒާހަރާކުރާތީ އިސްރާއީލު އޮތީ ހައި އެލާޓްގައި، ހަޅުތާލު އަދިވެސް ކުރިއަށް. ޤައުމު އޮތީ ހުއްޓިފަ.

ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި ބޮޑުވަޒީރު ނަތަންޔާހޫ އިސްތިއުފާ ދިނުމާއި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެދި އިއްޔެއިން ފެށިގެން އެތައް މިލިއަން ބަޔަކު އިސްރާއީލުގެ މަގުތަކަށް ނުކުމެ ކުރިޔަށް ގެންދާ މުޒާހަރާ ތަކާއި ގުޅިގެން އިސްރާއީލް ހުއްޓުމަކަށް އައިސް މުޅި އިސްރާއީލް ހައި އެލާޓަށް އައިސްފިއެވެ.

މުޒާހަރާގެ ބައިވެރިން އިސްރާއީލުގެ މަގެއްގެ މަތީގައި ރޯކޮށްލާފައި. ގާތްގަނޑަކަށް ހުރިހާ ބޮޑެތި މަގުތަކުގެ ކޮންޓުރޯލް އޮތީ މުޒާހަރާގެ ބައިވެރިންގެ އަތުގައި.

Advertisement

Advertisement 1

އިދިކޮޅު ފަރާތްތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުން ހިމެނޭ ގޮތަށް ވެރިރަށް ޓެލް އަވީވް އިން ފެށިގެން ޣައްޒާ ބޯޑަރާއި ހަމައަށް ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް މި ވަގުތުވެސް ދަނީ މުޒާހަރާ ކުރަމުން ކަމަށް އިސްރާއީލްގެ ޗެނަލްތަކުން ބުނެއެވެ.

ފަލަސްޠީނު ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ރައްޔިތުން އިއްޔެ އާއި ރޭ ވެސް މަގުތަކުގައި އަލިފާން ރޯކޮށް، ޓަޔަރު އަންދައި ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާފައިވާއިރު އަދިވެސް މުޒާހަރާތައް ދަނީ ކުރިޔަށެވެ.

އިސްރާއީލުގެ މަގުތަކުގައި ރޭ ފަންވަރު މުޒާހަރާގެ ބައިވެރިން - އިއްޔެއިން ފެށިގެން އިސްރާއީލުގައި މުޒާހަރާތައް ދަނީ ކުރިޔަށް. ރައްޔިތުން ގޮވަމުން ދަނީ ނަތަންޔާހޫ އިސްތިއުފާ ދިނުމަށާއި ޣައްޒާ ހަނގުރާމަ ހުއްޓާލައި ރަހީނުން މިނިވަން ކުރުމަށް.

މިއީ ފަހުގެ ތާޚުހުގައި އިސްރާއީލުހައި ސަރުކާރާއި ދެކޮޅަށް ބާއްވާ އެންމެ ބޮޑު އެއްވުން ކަމަށް ވާއިރު އިސްރާއީލުގެ ސިފައިންގެ އަތެއްވެސް މި ހަޅުތާލުތަކުގައި އެބައޮތް ކަމަށް ތުހުމަތު ކުރެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ބޮޑެތި ހައިވޭތައްވެސް ބަންދު ކޮށްފައެވެ. އެއާއި އެކު ސްކޫލްތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކާއި ޒަރޫރީ ޚިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ.

އިސްރާއީލުގެ އެތައް ސަތޭކަ ތަނެއްގައި އެއްވުންތައް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު ވެރިރަށް ޓެލް އަވީވްގައި އެކަނި ވެސް ގާތްގަނޑަކަށް 500،000 މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.

އިސްރާއީލުގެ ބާރުތަކުން މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކޮށްގެން ގެންދަނީ

އިސްރާއީލުގައި މިހާރު ކުރިޔަށްދާ މުޒާހަރާތައް ހުއްޓުވުމަށް ބޮޑުވަޒީރު ނަތަންޔާހޫ ދަނީ ރަޔަޓް ފުލުހުންނާއި ސިފައިންގެ ޔުނިޓްތައް މަގުމައްޗަށް ނެރެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވޭޭތޯ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 40 ވަރަކަށް މީހުން ވަނީ ހައްޔަރު ވެސް ކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.

ނަތަންޔާހޫއިސްރާއީލްމުޒާހަރާ
Advertisement
Advertisement

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36