އެމެރިކާގައި އަމިއްލައަށް މަރުވުމުގެ މައްސަލަ ރެކޯޑް އަދަދަކަށް އަރައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 2023 ވަނަ އަހަރު 49،000 އަށް ވުރެ ގިނަ މީހުން ވަނީ އަމިއްލައަށް މަތުވެފައެވެ. މިއީ މިހާތަނަށް އެމެރިކާގައި އަމިއްލައަށް މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވި އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ޑޭޓާ ތަކާއި ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ރެކޯޑް ކުރެވިފައިވާ އެންމެ ގިނަ މަރު ތަކުގެ ތެރޭގައި އަމިއްލަ ބޮލަށް ބަޑިޖަހައިގެންނާއި ބޭސް ކައިގެން މަރުވި ސިފައިން ވެސް ހިމެނެއެވެ.
އެމެރިކާގައި މަރުވާ ކޮންމެ 100 މީހުންގެ ތެރެއިން 25 މީހުންނަކީ އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މީހުން ކަމަށް ލަފާކުރެވޭއިރު، އެމެރިކަން ފައުންޑޭޝަން ފޯ ސުއިސައިޑް ޕްރިވެންޝަން (އޭއެފްއެސްޕީ) ހިމެނޭ ގޮތަށް ނަފްސާނީ ސިއްހަތުގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދުނިޔޭގައި އެންމެ ތަރައްޤީވެފައިވާ އަދި އެންމެ ބާރުގަދަ ޤައުމު ކަމަށް ދަޢުވާ ކުރަމުންދާ އެމެރިކާގައި މަރުގެ އަމިއްލައަށް މަރުވާ މީހުން ގިނަވަނީ އެ ޤައުމުގެ ޤާނޫނުން ލިބިދެ އިޚްތިޔާރުތަކުގެ ސަބަބުން ރައްޔިތުން މަގު އޮޅިފައި ވާތީއެވެ.