ޣައްޒާގެ މުސްލިމުން ދިރިތިއްބައި އަންދައި ގުނަވަންތައް ބުރިކޮށް، ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިސްރާއީލުގެ ހަނގުރާމަވެރިންގެ ތެރޭގައި ބައްޔެއް ފެތުރި ވަރަށް ގިނަ ހަނގުރާމަވެރިން ވަރުބަލިކަމާއި ބޭރަށް ހިންގުން ފަދަ ބަލިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތަް ބުނެފިއެވެ.
މިހާރުވެސް ޤަތުލުޢާންމާއި ދެކޮޅަށް 12000 ވަރަކަށް ސިފައިން ޑިއުޓީއަށް ނުކުތުމަށް ޢުޒުރުވެރިވެފައިވާއިރު އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓުން ރިޕޯޓްކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށި ފަހުން ގާތްގަނޑަކަށް 80،000 ސިފައިންނަށް ފަރުވާ ބޭނުންވެފައިވާއިރު، ގާތްގަނޑަކަށް 26،000 ސިފައިން ވަނީ ނަފްސާނީ މައްސަލަތަކެއް ހުރެގެން އެޑްމިޓްކޮށްފަ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް %33 މީހުންނަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ޖެހިފައިވާކަން ފާހަގަކުރެވިފައިވާއިރު، މިއީ މިއަދު ސިފައިންގެ ތެރޭގައި ފެތުރެމުންދާ އެންމެ ސީރިއަސް ބަލި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން ކަށަވަރުކޮށްދިން ގޮތުގައި ވަރުބަލިވުމާއި ގުޅުންހުރި މެޑިކަލް ކޭސްތައް ޣައްޒާ، ހުޅަނގު އައްސޭރި އަދި އިސްރާއީލުގެ އުތުރުގައި ތިބި ރިޒާވް ސިފައިންގެ ތެރޭގައި އެބަހުއްޓެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލު ސިގައިންގެ ތެރޭގައިވާ ސީރިއަސް ކޭސްތަކުގައި ޕީޓީއެސްޑީ، ޑިޕްރެޝަން، އަދި އަމިއްލައަށް މަރުވުން ވެސް ހިމެނެ އެވެ.