އިސްރާއީލަށް ހޫޘީން މިސައިލް ހަމަލާއެއްދީ ގިނަބަޔަކު ޒަޚަމްކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 2 ދުވަސް ކުރިން - 18 އޯގަސްޓް 2025 09:27
އިސްރާއީލަށް ހޫޘީން މިސައިލް ހަމަލާއެއް ދީފި
އިސްރާއީލަށް ހޫޘީން މިސައިލް ހަމަލާއެއް ދީފި
ޚުލާސާ

ޔަމަނުގެ ހޫޘީ މުޖާހިދުން ފޮނުވައިލި މިސައިލަކުން އިސްރާއީލްގެ 18 މީހުން ޒަޚަމްވެއްޖެ. އިސްރާއީލުގެ ދިފާއީ އައްޑަނަތަކަށް މި މިސައިލް ހުއްޓުވައެއް ނުލެވުނު. މިސައިލަށް ކިޔަނީ ފަލަސްޠީން-2

ޔަަމަނުގެ ހޫޘީ މުޖާހިދުން އިސްރާއީލަށް ޙަމަލާ ދީ 18 މީހުން ޒަޚަމްކޮށްލައިފިއެވެ. ސަރުކާރާއި ދެކޮޅަށް މިލިއަނަކަށް ވުރެ ގިނަ އިސްރާއީލް ރައްޔިތުން ނުކުމެ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވަމުން ދަނިކޮށް ޔަމަނުން ފޮނުވައިލި މިސައިލް އިސްރާއީލުގެ އެއްވެސް ދިފާއީ އައްޑަނަޔަކަށް މަތައެއް ނުކުރެވުނެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޔަމަނުން ފޮނުވައިލި މިސައިލު އަމާޒުކުރީ އިސްރާއީލުގެ ޤައުމީ މައި އެއާޕޯޓަށެވެ. މި މިސައިލްގެ ނަމަކީ “ފަލަސްތީން-2”އެވެ. މިއީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެކެވެ.

ހޫޘީންގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު އިސްރާއީލުގެ ބަނދަރު އައިލާޓަށް އެކަނި ވޭތުވެދިޔަ 19 މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު 1.19 މިލިއަން ޑޮލަރުގެ އާމްދަނީ ވަނީ ބްލޮކް ވެފައި ކަމަށް ވެއެވެ.

ހޫޘީ މުޖާހިދުން އިސްރާއީލަށް ޙަމަލާ ދޭ ހަމަ އެކަނި ސަބަބަކީ މެދުއިރުމަތީގައި އިސްރާއީލަށް ހަމަޖެހިގެން އޮތުނަ ނުދިނުމަށެވެ.

ހޫޘީންގެ ލީޑަރަކު ބުނީ މާތް ﷲ އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް، ފިރިހެނުންގެ ފިރިހެން ވަންތަ އަޒުމާއެކު، އިސްތިއުމާރުގެ ނަޖިހުން ޣައްޒާ މިނިވަންވެ، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު މުޖާހިދުން އިޒްރޭލަށް ވަން ފަދައިން، އިސް އުފުލާގެން ތިބި ބަރަކާތްތެރި އަލްއަޤްސާ މިސްކިތަށް މުޖާހިދުން ވަދެ ޤުދުސްގައި ތައުޙީދުގެ ދިދަ އުފުލާލާނެ ކަމަށެވެ. އަދި މާތް ﷲ އިރާދަކުރެއްވިއްޔާ، ޤުދުސް، އަކަރ، ޖާފާ އަދި މުޅި ފަލަސްޠީނުގެ ފާރުތަކުގައި ހަމާސްގެ ދިދަ އުފުލިގެން ދާނެ ކަމަށް އަލްޤައްސާމް ބްރިގޭޑުން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%