ހޫޡީން ޙަމަލާ ދިނީ އިސްރާއީލުގެ މައި ސިޓީއެއް ކަމަށްވާ އީލާތަށް. މި ޙަމަލާތައް އިސްރާއީލަކަށް ނުހުއްޓުވުނު. 50 އަށްވުރެ ގިނަމީހުން ޒަޚަމްވި.
414 ދުވަސް ކުރިން - 10:10
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ފޮނުވައިލި ޑްރޯން ޙަމަލާ އިސްރާއީލުގެ އެއާޕޯޓަށް އަމާޒުވެ، 8 މީހުން ޒަޚަމްވުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުލަނޑައިލި.
431 ދުވަސް ކުރިން - 12:10
ޔަމަނުގެ ހޫޘީންގެ ބޮޑުވަޒިރު އަލް-ރަހަވީ އާއި ފޮރިން މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރާއި، އެނާޖީ މިނިސްޓަރާއި، އިޤްތިޞާދީ މިނިސްޓަރު ހިމެނެހެން މަތީފަންތީގެ 26 ވެރިން އިސްރާއީލުން ވަނީ ޝަހީދުކޮށްލާފަ.
439 ދުވަސް ކުރިން - 09:15
ޔަމަނުގެ ހޫޘީ މުޖާހިދުން ފޮނުވައިލި މިސައިލަކުން އިސްރާއީލްގެ 18 މީހުން ޒަޚަމްވެއްޖެ. އިސްރާއީލުގެ ދިފާއީ އައްޑަނަތަކަށް މި މިސައިލް ހުއްޓުވައެއް ނުލެވުނު. މިސައިލަށް ކިޔަނީ ފަލަސްޠީން-2
452 ދުވަސް ކުރިން - 09:27
ރަތް ކަނޑުން އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ހުރަސް އެޅުމަށް ހޫޘީން ހިންގާ 4 ވަނަ އޮޕަރޭޝަން ފެށުމުން ޗައިނާ ހިމޭންވެ، ހޫޘީންގެ “ޙައްްޤުތައް”ޙިމާޔަތް ކޮށްފި.
472 ދުވަސް ކުރިން - 18:46
ޔަމަނުގެ ހޫޘީންގެ ބާރުގެ ދަށުގައިވާ ޙުދައިދާ ބަނދަރަށް އިޒްރޭލުން ޙަމަލާ ދީފި.
479 ދުވަސް ކުރިން - 16:31
ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކުން ތިމަންނާމެންނަކީ މުސްލިމުންނޭ ބުނެ އާ އުކުޅެއް ބޭނުންކުރަން ފަށައިފި. ނަމަވެސް، ހޫޡީން ބަރޯސާ ވެފައި ވަނީ އެމީހުންގެ ޖާސޫސީ މައުލޫމާތު ތަކަށް.
488 ދުވަސް ކުރިން - 08:24
ޔަހޫދީންނާއި ދެކޮޅަށް ރަތްކަނޑުގައި ހިންގާ އޮޕަރޭޝަނުހައި މިހަފްތާގައިވެސް ދެބޯޓު ފައްތާލައިފި. ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 70 ބޯޓަކަށް ހަމަލާދީ ހަތަރު ބޯޓު ފައްތާލައިފި.
491 ދުވަސް ކުރިން - 10:26
އިޒްރޭލުން ރޭ ދަންވަރު ލުބުނާނާއި ޔަމަނަށް ދިން ކުއްލި ވައިގެ ޙަމަލާތަކުގައި ޔަމަނުގެ 21 ސިފައިންނާއި ޙިޒްބުﷲގެ 4 ސިފައިން މަރައިލި/ޝަހީދުކޮށްލައި މިސައިލް ލޯންޗަރާއި ތެޔޮގުދަންތަކެއް ނައްތައިލި.
494 ދުވަސް ކުރިން - 12:20
އެމެރިކާއިން އިސްރާއީލް ސަލާމަތް ކުރުމަށް އައުމާއެކު، ޔަމަނުން އީރާނާއި ގުޅިގެން އިސްރާއީލަށް ޙަމަލާ ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފި.
513 ދުވަސް ކުރިން - 10:05
ބުރާސްފަތި ދުވަހު ޔަމަނުން ފޮނުވައިލި ހަމަލާ އާއި ގުޅިގެން އިސްރާއީލުގެ އެއަރޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް އައިއިރު މިލިއަނަކަށް ވުރެ ގިނަ މީހުން ބިންގަރާސްތަކަށް ވަދެ ފިލި.
537 ދުވަސް ކުރިން - 17:01
ކަނޑުމަގުން ހައިފާ ބަނދަރަށް ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހޫޘީން ދަނީ ޙަމަލާ ދެމުން. އެހެންކަމުން މިހާރު އެ ބަނދަރަށް ދަތުރުކުރުމުގެ މަގުތައް މުޅީން ބަންދުވެއްޖެ.
542 ދުވަސް ކުރިން - 13:53
މިހާވަރަށް ހަމަލާދީ ޣައްޒާ ސުންނާފަތިކޮށްލާއިރު ވެސް އަދިވެސް ޒައެނިސްޓުންނަށް ހަމާސް ބަލިނުކުރެވޭ. ޔަމަނުގެ ހޫޘީން ވެސް ބަލި ނުކުރެވޭ.
556 ދުވަސް ކުރިން - 12:32