ޔަމަނާއި ޣައްޒާއަށް އެއްފަހަރާ ހަމަލާދެނީ

ޖަވާދު | 42 ދުވަސް ކުރިން - 6 މޭ 2025 12:32
ފައިޓަރ ޖެޓްތައް އުދުހެނީ: އިސްރާއީލުން ޣައްޒާއާއި ޔަމަނަށް އެއްފަހަރާ ދަނީ ހަމަލާތައް ދެމުން.
ފައިޓަރ ޖެޓްތައް އުދުހެނީ: އިސްރާއީލުން ޣައްޒާއާއި ޔަމަނަށް އެއްފަހަރާ ދަނީ ހަމަލާތައް ދެމުން.
ޚުލާސާ

މިހާވަރަށް ހަމަލާދީ ޣައްޒާ ސުންނާފަތިކޮށްލާއިރު ވެސް އަދިވެސް ޒައެނިސްޓުންނަށް ހަމާސް ބަލިނުކުރެވޭ. ޔަމަނުގެ ހޫޘީން ވެސް ބަލި ނުކުރެވޭ.

އިސްރާއީލުން ޣައްޒާ އާއި ޔަމަނަށް ކޯޑިނޭޓްކޮށް ވައިގެ ހަމަލާތަކެއްދީ، އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުކޮށްފި އެވެ.

ހައްފުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން އިސްނަގައިގެން ހިންގާ "އޮޕަރޭޝަން ގިޑިއަންސް ޗެރިއޮޓްސް" ގެ މަގުސަދަކީ ހަމާސްގެ އިންފްރާސްޓްރަކްޗާ ރޫޅާލައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމެވެ. މި އޮޕަރޭޝަންގައި މުޅި ޣައްޒާގެ ކޮންޓްރޯލް އަތުލުމަށް ހަމަލާ ދެމުންދާއިރު، ފަލަސްތީނުގެ އާބާދީގެ ބޮޑު ބައެއް ވަނީ ގެދޮރު ދޫކޮށްލާފަ އެވެ.

އިސްރާއީލުން ޣައްޒާއަށް އެއްގަމުމަގުން ޙަމަލާ ދިނުމަށް ބޭނުންކުރާ ހަތިޔާރުތައް / ފޮޓޯ: އޭޕީ

އައިޑީއެފްގެ ސްޓްރެޓެޖީގައި މުހިންމު ސަރަހައްދުތައް ބަންދުކޮށް އިންސާނީ އެހީ ވެސް އެތަންތަނަށް ނުވެއްދޭ ގޮތަށް ހަދާފައިވާއިރު، ބައިނަލްއަގްވާމީ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ 60،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުން ޣައްޒާއަށް ޙަމަލާދޭ މައްސަލައިގައި އެޤައުމުގެ އެއާޕޯޓަށް އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހޫޘީން ދިން މިސައިލް ހަމަލާއަށް ރައްދުދީ އިސްރާއީލުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޔަމަނުގެ ހުދައިދާ ޕްރޮވިންސަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ޔަމަނުގެ ހޫޘީން ކޮންޓްރޯލްކުރާ ސަންޣާ އަށް ވެސް އިސްރާއިލުން ވަރުގަދަ ޙަމަލާތަކެއް ދީފި.

އިސްރާއީލުގެ ވައިގެ ސިފައިން ވަނީ 20 އަށް ވުރެ ގިނަ ހަނހުރާމަމަތީ ޖެޓް ތައް ބޭނުންކޮށް، ހުދައިދާ ބަނދަރާއި ބާޖިލްގައި ހުންނަ ސިމެންތި ފެކްޓްރީއެއް ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ބޮން ވައްޓާލާފައެވެ. މި ހަމަލާގެ ސަބަބުން މަދުވެގެން 9 މީހުން މަރުވެ 35 މީހަކަށް އަނިޔާވެފައިވާއިރު، މުހިންމު އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔަމަނުން ބުނެއެވެ.

ޔަމަނުގެ ހޫޘީން ބަލިކުރުމަކީ އިސްރާއީލަށް ވާނެ ކަމެއް ކަމަށް އެއްވެސް ބަޔަކު ޤަބޫލެއް ނުކުރެއެވެ. ޚުދު އެމެރިކާ ވެސް އެތައް ފަޖަރަކު ޔަމަނަށް ޙަމަލާދީ ހޫޘީންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރިނަމަވެސް، އީރާނުގެ މަދަދު ލިބޭ ހޫޘީންނާއި އަދި ޣައްޒާގެ ހަމާސް ވެސް ބައްޔެއް ނުކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%