އިޒްރޭލުން ޔަމަންގެ ޙޫޘީންގެ ކޮންޓްރޯލް ދަށުގައިވާ ޙުދައިދާގެ ބަނދަރަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި ޙަމަލާ ދިނީ، އިޒްރޭލަށާއި ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީ އުޅަނދުފަހަރަށް އަމާޒުކޮށް ހޫޘީން ދެމުންދާ ޙަމަލާ ތަކާއި ގުޅިގެންނެވެ. އެގޮތުން އިޒްރޭލަށް މިސައިލާއި ޑްރޯން ހަމަލާދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރު އަލުން ބިނާކުރުން ހުއްޓުވުމުގެ ބޭނުމުގައި މި ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުންޏެވެ.
އައި.ޑީ.އެފް އިން ބުނި ގޮތުގައި، މި ހަމަލާތަކުގައި ވަކިވަކީން އަމާޒުކޮށްފައި ވަނީ އިންޖިނިއަރިންގ އުޅަނދުތަކާއި، ތެޔޮ ރައްކާކުރާ ތަންތަނަށާއި، ކަނޑުގެ އުޅަނދުތަކާއި، އަސްކަރީ ބޭނުންތަކަށް ބޭނުންކުރަމުންދިޔަ ތަކެއްޗަށެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި ޔަޤީނެއް ނުވެއެވެ.
އަނެއްކޮޅުން ހޫތީންގެ ދައުލަތުގެ މީޑިއާއިން މި ހަމަލާތައް ދީފައިވާކަން އެއްބަސްވެފައި ވީނަމަވެސް، މަރުވި ނުވަތަ ޒަޚަމްވި މީހުންގެ އަދަދެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.