Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުގެ ޚައިފާ ބަނދަރަށް ދަތުރުކުރެވޭ މަގުތައް ހޫޘީން ބަންދުކޮށްފި

އިސްރާއީލުގެ ޚައިފާ ބަނދަރަށް ދަތުރުކުރެވޭ މަގުތައް ހޫޘީން ބަންދުކޮށްފި

ޖަވާދު
466 ދުވަސް ކުރިން - 20 މެއި 2025 13:53
އިސްރާއީލްގެ ހައިފާ ބަނދަރު. / ފޮޓޯ: ރޮއިޓާސް
އިސްރާއީލްގެ ހައިފާ ބަނދަރު. / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ކަނޑުމަގުން ހައިފާ ބަނދަރަށް ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހޫޘީން ދަނީ ޙަމަލާ ދެމުން. އެހެންކަމުން މިހާރު އެ ބަނދަރަށް ދަތުރުކުރުމުގެ މަގުތައް މުޅީން ބަންދުވެއްޖެ.

ހުޅަނގުގެ ހުރިހާ ބާރުތަކާއި ދެކޮޅަށް ތެދުވެގެން އުޅޭ ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީން އިސްރާއީލުގެ ޚައިފާ ބަނދަރަށް ކަނޑުމަގުން ދަތުރުކުރެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފިއެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޙޫޘީ ޖަމާޢަތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ޤާސިމް ވިދާޅުވި ގޮތުގައި، ޚައިފާ ބަނދަރަށް ދަތުރުކުރާ އަދި އެ ބަނދަރުން ފުރައިގެންދާ ހުރިހާ އުޅަނދަކީ އެ ޖަމާޢަތުގެ ނުރައްކާތެރި ޙަމަލާތަކުގެ އަމާޒަކަށް ހަދާފައިވާ އުޅަނދުތަކެކެވެ. މިއީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ޙޫޘީންގެ މި ފިޔަވަޅަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާގައި ފެށުނު ޔަހޫދީ ފައުޖުގެ ޤަތުލުޢާންމާ ގުޅިގެން، އޭގެ ބަދަލު ހިފުމުގެ ގޮތުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގެ ބައެކެވެ. ޙޫޘީންގެ މަޤްޞަދަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ޖަމާޢަތްތަކާއި ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމާއި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމެވެ.

Advertisement

Advertisement 1

ރަތްކަނޑުން ދަތުރުކުރަމުންދާ ކްރޫޒް ޝިޕެއް: ހޫޡީން ހަމަލާ ދެމުންދާތީވެ، ހައިފާ ބަނދަރަށް ދިޔުމަށް ޝިޕިންގލައިން ތަކުން މިހާރު ޖެހިލުންވޭ. / ފޮޓޯ: ރޮއިޓާސް

މި އޮޕަރޭޝަނުގެ ދަށުން ޙޫޘީން ވަނީ އިސްރާއީލުގެ އެކި ސަރަޙައްދުތަކަށާއި، އެ ޤައުމުގެ މަޞްލަޙަތު އޮތް އުޅަނދުފަހަރަށް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެން ޙަމަލާދީފައެވެ. އޭގެ ތެރޭގައި އިސްރާއީލުގެ މައި ވައިގެ ބަނދަރު ކަމަށްވާ ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށް ދީފައިވާ ޙަމަލާތައްވެސް ހިމެނެއެވެ.

ކުރިން ޙޫޘީން ވަނީ ރަތު ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށްވެސް ޙަމަލާދީފައެވެ. ނަމަވެސް، އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމަކާ ގުޅިގެން އެ ސަރަޙައްދުގައި ހިންގަމުންދިޔަ އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ.

ޙޫޘީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވެސް ވަނީ ޔަމަނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދީފައެވެ. މީގެ ތެރޭގައި ޔަމަނުގެ ވެރިރަށް ޞަންޢާގެ މައި ވައިގެ ބަނދަރަށާއި އަލް-ޙުދައިދާގައި އޮތް ދެ ބަނދަރަކަށް ދީފައިވާ ޙަމަލާތައް ހިމެނެއެވެ.

މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ މި ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް ރަތު ކަނޑުގެ ސަރަޙައްދުގައި ހިނގަމުންދާ ޙަމަލާތަކުގެކުގެ ސަބަބުން ވިޔަފާރިއަށް ކުރަމުންދާ ނޭދެވޭ އަސަރުތސަރުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާލަތުގައި، ޙޫޘީންގެ އަމަލުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއްކަމަށް އެ ޖަމާޢަތުން ބުނަމުންދާއިރު، އިސްރާއީލާއި އެމެރިކާ ފަދަ ޤައުމުތަކުން މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެ، ޙޫޘީންގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅަމުންދެއެވެ. ނަމަވެސް ހޫޘީން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.

އިސްރާއީލްޔަމަންހޫޘީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

22 ދުވަސް ކުރިން - 04:33

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

22 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

29 ދުވަސް ކުރިން - 14:29