Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަތްކަނޑުގައި ޔަހޫދީ ބޯޓުތަކަށް ޙަމަލާދިނުމުގެ ހަތަރުވަނަފޭސް އިޢުލާން ކޮށްފި! ޗައިނާ އެއްޗެކޭ ނުބުނި - ރިޕޯޓް

ރަތްކަނޑުގައި ޔަހޫދީ ބޯޓުތަކަށް ޙަމަލާދިނުމުގެ ހަތަރުވަނަފޭސް އިޢުލާން ކޮށްފި! ޗައިނާ އެއްޗެކޭ ނުބުނި - ރިޕޯޓް

ޢަބްދުﷲ ޖުނައިދު
396 ދުވަސް ކުރިން - 28 ޖުލައި 2025 18:46
ރަތް ކަނޑުގައި ހޫޘީންގެ މަސްލަޙަތު ހިމެނޭ ކަމަށާއި އެ މީހުންގެ ޙައްޤު ޙިމާޔަތް ކުރުމުގެ އިޚްތިޔާރު އެ މީހުންނަށް އޮންނާނެ ކަމަށް ޗައިނާއިން ބުނޭ.
ރަތް ކަނޑުގައި ހޫޘީންގެ މަސްލަޙަތު ހިމެނޭ ކަމަށާއި އެ މީހުންގެ ޙައްޤު ޙިމާޔަތް ކުރުމުގެ އިޚްތިޔާރު އެ މީހުންނަށް އޮންނާނެ ކަމަށް ޗައިނާއިން ބުނޭ.
ޚުލާސާ

ރަތް ކަނޑުން އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ހުރަސް އެޅުމަށް ހޫޘީން ހިންގާ 4 ވަނަ އޮޕަރޭޝަން ފެށުމުން ޗައިނާ ހިމޭންވެ، ހޫޘީންގެ “ޙައްްޤުތައް”ޙިމާޔަތް ކޮށްފި.

ޔަމަނުގެ ހޫޘީ ޖަމާޢަތުން ރަތް ކަނޑުގައި އެ މީހުންގެ ހަތަރު ވަނަ އޮޕަރޭޝަން ފަށަން އުޅޭ ކަމަށް އިއްޔެ ރަސްމީކޮށް އިޢުލާން ކޮށްފިއެވެ. ހޫޘީން ރަތް ކަނޑުގައި ހިންގާ އޮޕަރޭޝަނަކީ ޣައްޒާގެ ނަސްލު ނައްތައިލުމަށް މަސައްކަތް ކުރަމުންދާ އިޒްރޭލާއި ދެކޮޅަށް ހިންގާ ޙަރަކާތެކެވެ.

ރަތްކަނޑުގައި ޔަހޫދީންނާއި ގުޅުން އޮތް ބޯޓަކަށް ހޫޘީން ޙަމަލާދީ ފައްތާލާފައި. (8 ޖުލައި 2025) / ފޮޓޯ: ގެޓީ އިމޭޖްސް

ޔަމަނުގެ ހޫޘީން މިހާތަނަށް ޖެއްސި އޮޕަރޭޝަންތަކުގެ ސަބަބުން ހުޅަނގުގެ ގިނަ ޤައުމުތަކުން ކަންބޮޑުވެ ހޫޘީންގެ ޢަމަލުތައް ކުށްވެރި ކޮށްފައި ވާއިރު، ހަތަރުވަނަ އޮޕަރޭޝަން އިޢުލާން ކުރުމުން ޗައިނާއިން ދެކޮޅެއް ނެހެދިއެވެ. އެ ޙަމަލާތައް ކުށްވެރި ކުރުމުގެ ބަދަލުގައި ޗައިނާއިން ބުނެފައި ވަނީ ހޫތީންނަށް އެމީހުންގެ އިސްތިޤުލާލު ދިފާޢު ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement 1

ރަތްކަނޑުގައި ޔަހޫދީންނަށް މުދާ އުފުލާ އުޅަނދު ތަކަށް ހުރަސް އަޅައި ޙަމަލާ ދިނުމަށް ހަތަރުވަނަ މަރުޙަލާ ހޫޘީން އިޢުލާން ކުރަމުން ބުނީ އިސްރާއީލުގެ ބަނދަރުތަކަށް ކައިރި ކުރުމަށް ނުވަތަ އިސްރާއީލަށް މުދާ ފޯރުކޮށްދިނުމަށް ދަތުރުކުރާ ކޮންމެ ބޯޓަކަށް ޙަމަލާ ދޭނެ ކަމަށެވެ. އަދި އެއީ ކޮންމެ ޤައުުމެއްގެ ދިދަ ޖަހާފައި ހުރި ބޯޓަކަށް ވިޔަސް ދިދަ އަކަށް ނުބަލާނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި ގުޅިގެން އިސްރާއީލަށް ޖެއްސުން ކުރުމުގެ ގޮތުން ނޮވެމްބަރު 2023 އިން ފެށިގެން ހޫޘީން ވަނީ އިސްރާއީލާއި ގުޅުން އޮންނަ 100 އަށް ވުރެ ގިނަ ބޯޓަށް ޙަމަލާދީ ދުނިޔޭގެ އެންމެ ބިޒީ އެއް ކަނޑުގެ ވިޔަފާރި އަށް ބުރޫ އަރުވާފައެވެ. މި އަހަރުގެ ޖުލައި މަހު އެކަނިވެސް ހޫޘީން ދިން ޙަމަލާ ތަކުގައި ލައިބީރިއާގެ ދިދަ ޖަހާފައިވާ ބޯޓަކާއި ގްރީސް އިން ހިންގާ ބޯޓެއް ފައްތާލާފައިވެއެވެ. މި ހަމަލާތަކުގައި މަދުވެގެން ހަތަރު މީހަކު މަރުވެފައި ވާކަމަށް ކަށަވަރު ވެފައި ވާއިރު، ބައެއް މީހުން ގެއްލިފައިވާ ކަމަށް ނުވަތަ ހޫޘީންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޔަމަންހޫޘީޗައިނާއިސްރާއީލްމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

1 ދުވަސް ކުރިން - 12:31

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

22 ދުވަސް ކުރިން - 04:33

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

22 ދުވަސް ކުރިން - 23:25