ހޫޘީންގެ ކެބިނެޓް “ފޮހެލައިފި” - ޖާސޫސް

ޢަބްދުﷲ ޖުނައިދު | 1 ދުވަސް ކުރިން - 31 އޯގަސްޓް 2025 09:15
ކުއްލި ޚަބަރު: ހޫޘީންގެ ކެބިނެޓް “ފޮހެލައިފި” - ޖާސޫސް
ކުއްލި ޚަބަރު: ހޫޘީންގެ ކެބިނެޓް “ފޮހެލައިފި” - ޖާސޫސް
ޚުލާސާ

ޔަމަނުގެ ހޫޘީންގެ ބޮޑުވަޒިރު އަލް-ރަހަވީ އާއި ފޮރިން މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރާއި، އެނާޖީ މިނިސްޓަރާއި، އިޤްތިޞާދީ މިނިސްޓަރު ހިމެނެހެން މަތީފަންތީގެ 26 ވެރިން އިސްރާއީލުން ވަނީ ޝަހީދުކޮށްލާފަ.

ޔަމަނުގެ ހޫޘީންގެ ކެބިނެޓް އިސްރާއީލުން “ފޮހެލައިފި” ކަމަށް ޖާސޫސީ މަސްދަރަކުން ދެންމެ ބުނެފިއެވެ. އެ މަސްދަރުން ބުނީ އިސްރާއީލުން މިމަހުގެ 28 ވަނަ ދުވަހު ދިން ޙަމަލާތަކުގައި ޔަމަނުގެ ހޫޘީ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު އަލް-ރަހަވީއާއި އެކު މުޅި ކެބިނެޓްގެ ގާތްގަނޑަކަށް ހުރިހާ ވަޒީރުންތަކެއް ޝަހީދުވެއްޖެ ކަމަށް މިހާރު ކަށަވަރު ވެފައިވާ ކަމަށެވެ.

ހޫޘީންގެ ސަރުކާރުން ވެސް މީގެ ކުރިން ކަށަވަރުކޮށްދެއްވި ގޮތުގައި ބޮޑުވަޒީރު އަޙްމަދު އަލް-ރަހަވީއާއި އެކު އިތުރު ވަޒީރުންތަކެއް ޝަހީދުވެފައި ވެއެވެ. ނަމަވެސް ތަފްޞީލެއް ނުދެއްވައެވެ.

ހޫޘީ ސަރުކާރުގެ އެންމެ އިސް ވެރިޔާ އަލް- ރަހަވީ: އިސްރާއީލުން ބުނީ ޔަމަނުގެ ހޫޘީ ސަރުކާރުގެ ކޮމާންޑު ދިނުމުގައި އުޅުއްވާ ހުރިހާ ވަޒީރުން ގާތްގަނޑަކަށް ޝަހީދުކޮށްލައިފި ކަމަށް / ފޮޓޯ: ރޮއިޓާސް

ޖާސޫސީ މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި އަލް-ރަހަވީ ހުންނެވީ ސަންޢާގެ ދެކުނުގެ ބައިތު ބައުސްގެ ޕްރައިވެޓް ވިލާއެއްގެ ތެރޭގައި ރަސްމީ މަޝްވަރާތަކެއްގައެވެ. އޭނާ ޝަހީދުކޮށްލީ އިސްރާއީލުން ދިން މިސައިލް ޙަމަލައެއްގައެވެ.

ޔަމަނުގެ ހޫޘީންގެ ކެބިނެޓްގެ އިސް ވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދިން މި ޙަމަލާގައި މަދުވެގެން 26 ވެރިން ޝަހީދުވެފައިވާ ކަމަށް ޖާސޫސީ މަސްދަރުތަކުން ބުނާ އިރު، އޭގެ ތެރޭގައި ފޮރިން އެފެއާޒް މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރާއި، އެނާޖީ މިނިސްޓަރާއި، އިޤްތިޞާދާއި ބެހޭ މިނިސްޓަރާއި، ދަނޑުވެރިކަމާއި އިޖުތިމާޢީ ކަންކަމުގެ ޒިންމާ އުފުއްލަވާ 8 އާއި 10 އާއި ދެމެދުގެ އިސް ވަޒީރުން ހިމެނެ އެވެ. އިސްރާއީލުގެ އޮފިޝަލުން މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ “އޮޕަރޭޝަން ލަކީ ޑްރޮޕް"އެވެ. މިއީ ހޫޘީ ކޮމާންޑުގެ މައި ތަނބުތައް ރޫޅާލުމަށް އަމާޒުކޮށްގެން އިސްރާީލުގެ އިންޓެލިޖެންސުން ކުރިއަށް ގެންދިޔަ މިޝަނެކެވެ.

މި ޢުދުވާނާއި ގުޅިގެން ހޫޘީންގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ވެރިޔާ މަހުދީ އަލް މަޝާތު ވިދާޅުވީ ޙަމަލާ އަށް ފަހު ސަންޢާގެ ސަލާމަތީ ބާރުތަކުން ވަނީ އެލާޓް ލެވެލް އިތުރުކޮށްފައި ކަމަށާއި ބަދަލުހިފުމުގައި ފަސްނުޖެހޭނެ ކަމަށާއި، މި ލިބުނީ އިސްރާއީލާއި ދެކޮޅަށް ޖިހާދު ކުރުމަށް އިތުރު ހިއްވަރެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%