ރަތްކަނޑުގައި ޔަހޫދީންނާއި ދެކޮޅަށް ހޫޘީން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި ހަފްތާއެއްގެ ތެރޭގައި ދެ ބޯޓު ފައްތާލައިފިއެވެ. މި ދެބޯޓަކީ ވެސް ޔަހޫދީންނަށް މުދާ އުފުލައިދޭ ދެބޯޓެވެ.
އީޔޫގެ ނޭވަލް މިޝަން އޮޕަރޭޝަން އެސްޕައިޑްސް އިން ބުނާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހު ޔަމަނުގެ ހޫޘީން ރަތް ކަނޑުގައި ޙަމަލާދިން ‘އެޓާނިޓީ ސީ”ކާގޯ ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ހަ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. މި ބޯޓުގައި ޖުމްލަ 25 ފަޅުވެރީން ތިއްބެވެ. ބަކީ ތިބި މީހުންނަށް ވީގޮތެއް ނޭނގެއެވެ. އެމީހުން ވެސް ކަނޑުވީތޯ ނުވަތަ ހޫޘީންގެ ބެލުމުގެ ދަށުގައި ތިބީތޯ ވެސް ޔަޤީނެއް ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި 4 މީހެއްގެ މަރުވެފައިވާ ހަށިގަނޑު ވަނީ ރަތްކަނޑުން ފެނިފައެވެ.

ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ ޔަހޫދީންނާއި ގުޅުން އޮތް އުޅަނދަކަށް ހޫޘީން ޙަމަލާދެނީ.

ހޫޘީންގެ ޙަމަލާގައި ރަތްކަނޑުގައި ބޯޓެއް ފައްތާލަނީ.
“އެޓާނިޓީ” ސީ ގައި ފިލިޕީންސްގެ 21 މީހުންނާއި ރަޝިއާގެ އެކަކު ހުއްޓެވެ. ހޫޘީން ދިން ޙަމަލަގެ ތެރޭގައި ރަޝިޔާ ފަޅުވެރިއާގެ ފައި ވަނީ ބުރިވެ، ހަށިގަނޑާއި ވަކިވެފައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
އެޓާނިޓި ސީ އަށް ޙަމަލާދިން ދުވަހުގެ ކުރީ ދުވަހު ވެސް ހޫޘީން ވަނީ އެހެން ބޯޓަކަށް ވެސް ޙަމަލާދީފައެވެ. އެއީ ލައިބީރިއާގެ ދިދަ ޖަހާފައިވާ، “މެޖިކް ސީސް” އެވެ. މި ބޯޓަށް ޙަމަލާދިންއިރު އޭގައި 22 މީހުން ތިއްބެވެ. މީހުން ކަނޑުވުމާއެކު، އެވަގުތު ކައިރިން ދަތުރުކުރި އުޅަނދަކަށް ވަނީ އެ އެންމެން ނަގާފައި ކަމަށް ބައިނަލްއަޤްވާމީ ޗެނަލްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި މަހުގެ 7 ވަނަ ދުވަހު ފައްތައިލި “އެޓާނިޓި ސީ” އިން ކަޑުވި މީހަކު ސަލާމަތްކުރަނީ.
ނޮވެމްބަރު 2023 އިން ފެށިގެން ހޫޘީން އަންނަނީ ޣައްޒާގެ ދިފާޢުގައި ޔަހޫދީންގެ މުދާ އުފުލައިދޭ އުޅަނދުތަކަށް ރަތްކަނޑުގައި ޙަމަލާ ދެމުންނެވެ. މިހާރު ގާތްގަނޑަކަށް 70 ބޯޓަކަށް ހަމަލާދީ ހަތަރު ބޯޓު ފައްތާލާފައި ވެއެވެ.









