ޔަމަނުގެ ހޫޘީން އިސްރާއީލުގެ ބެން ގުރިއަން އެއަރޕޯޓަށް މިސައިލް ހަމަލާއެއް ފޮނުވުމުން އެކަމާއި ބިރުން އިސްރާއީލުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ބިރުން ބިންގަރާސްތަކުގެ ތެރެއަށް ވަދެ ފިލައިފިއެވެ.
ބުރާސްފަތި ދުވަހު ޔަމަނުން ފޮނުވައިލި ހަމަލާ އާއި ގުޅިގެން އިސްރާއީލުގެ އެއަރޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ވެސް ވަނީ ހުއްޓާލާފައެވެ.
ހޫޘީންގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި މި ހަމަލާގައި ބޭނުންކޮށްފައިވަނީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެކެވެ. އަދި މި ހަމަލާގެ ސަބަބުން އެއަރޕޯޓުގެ މަތިންދާބޯޓުތަކުގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.
ސަރީ ވިދާޅުވި ގޮތުގައި މި ހަމަލާގެ މަޤްޞަދު ޙާޞިލުވިއެވެ. އޭނާ ވަނީ ޣައްޒާގައި ޒައެނިސްޓުން ހިންގަމުންދާ ޖަރީމާތަކާއި މެދު ހަނުހުރުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭނެ ނިކަމެތިކަމެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
އިސްރާއީލުގެ ފައުޖުން ބުނެފައިވަނީ ޔަމަނުން ފޮނުވާ ބެލިސްޓިކް މިސައިލާއި ދެކޮޅަށް އެ ޤައުމުގެ ދިފާޢީ ބާރުތަކުން މަސައްކަތް ކުރާ ކަމަށެވެ.
މީގެ ކުރިން ވެސް ޔަމަނުގެ ހޫޘީން ވަނީ އިސްރާއީލަށް ހަމަލާދީ ގެއްލުންތަކެއް ދީފައެވެ. އަދި ބެން ގުރިއަން އެއަރޕޯޓަށް ތަކުރާރުކޮށް ހަމަލާދޭނެ ކަމަށް ބުނެފައިވެއެވެ.
މި ހަމަލާތަކާއި ގުޅިގެން ބައިނަލްއަޤްވާމީ އެއަރލައިންތަކުން ވަނީ ބެން ގުރިއަން އެއަރޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ.
މިމަހުގެ 6 ވަނަ ދުވަހު އެމެރިކާ ވަނީ ޔަމަނުގެ ސަރުކާރާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސަބަބަކީ އިސްރާއީލު ރައްކާތެރިކުރުމަށް އެމެރިކާއިން ޔަމަނަށް ޙަމަލާ ދިނުމުން ވެސް ހޫޘީން ބަލި ނުކުރެވުމާއި ހޫޘީންގެ ޙަމަލަތައް ހުއްޓުވުމަސް އެމެރިކާއިން ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުންނެވެ.
ފާއިތުވި 6 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔަމަނުގެ ބާރުތަކުން ވަނީ އެމެރިކާގެ އެމްކިއު-9 ރީޕަރ 7 ޑްރޯން ވައްޓާލާފައެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް ލިބުނު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށް އަރައެވެ.
މީގެ އިތުރުން، ޔަމަނަށް ޙަމަލާ ދިނުމަށް ރަތްކަނޑުގައި އޮތް އެމެރިކާގެ ނޭވީގެ ޔޫއެސްއެސް ހެރީ އެސް. ޓްރޫމަން އެއަރކްރާފްޓް ކެރިއަރ ވެސް ވަނީ އަނބުރާ އެމެރިކާއަށް ދަތުރުކޮށްފައެވެ. އޭތިވެސް އަނބުރައި ދިޔައީ ހޫޘީންގެ ޙަމަލާތަކުގެ ސަބަބުން 3 ފައިޓަރ ޖެޓް ކަނޑަށް ވެއްޓި ބޮޑު ގެއްލުމަކާއި ކުރިމަތިލުމަށް ފަހުގަ އެވެ.
މަނުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ހޫޘީންގެ މި ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.