ކައިވެންޏެއް ނުކޮށް ގާތްގަނޑަކަށް ނުވަ އަހަރު އެކުގައި އުޅުމަށްފަހު އެންމެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ އަށް ލިބިފައިވާ ދަރިންގެ މަންމަ ޖޯޖިނާ ރޮޑްރިގޭޒް އާއި އެނއގޭޖް ވެއްޖެއެވެ. 2016 ވަނަ އަހަރު މެޑްރިޑްގެ ފިހާރައަކުން ފުރަތަމަ ބައްދަލުވި މި ދެމީހުން އެންގޭޖްވިކަން އިއުލާން ކުރީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.
ޕޯޗުގަލްގެ ރޮނާލްޑޯ އަށް ކައިވެންޏަކާއި ނުލައި 5 ކުދިން ލިބިފައި ވާއިރު އާޖެންޓީނާގެ ފިރިހެނަކާއި ސްޕެއިންގެ އަންހެނަކަށް ލިބުނު ޖޯޖިނާގެ ފަރާތުން އޭނާ އަށް ދެކުދިން ލިބުނެވެ. އަނެއް 3 ކުދިން ލިބުނީ ކާކުގެ ފަރާތުން ކަމެއް ރޮނާލްޑޯ ސިއްރު ކޮށްފައިވާތީވެ، މިހާތަނަށް މީޑިއާއަށް އެނގިފައެއް ނުވެއެވެ،
ރޮނާލްޑޯއަށް ލިބިފައިވާ ދަރިންނާއެކު ޖޯޖިނާ އާއި ރޮނާލްޑޯ. / ފޮޓޯ: އިންސްޓަގްރާމް
ރޮނާލްޑޯގެ ހުރިހާ ދަރިންވެސް ތަރުބިއްޔަތު ކުރަނީ ޖޯޖިނާ ކަމަށް ވާއިރު، އެ ދެމީހުން ކައިވެނިކުރާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޔޫރަޕުގައި ކައިވެނިން ބޭރުން ދަރީން ހޯދުމަކީ ވަރަށް އާދައިގެ ކަމެކެވެ.